Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

އިނގިރޭސީންގެ ހިމާޔަތް އޮތުމުން ދެ ގައުމަށްވެސް ފައިދާވި: އަސްލަމް

އިނގިރޭސީންގެ ހިމާޔަތުގައި ދިވެހިރާއްޖެ އޮތުމުގެ ސަބަބުން، ރާއްޖެއާއި އިނގިރޭސީންނަށް ވެސް ގިނަގުނަ ފައިދާވި ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގެ ރާނީ، އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެކަމަނާގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ.

އެއަށްފަހު, ދިވެހި ދައުލަތުން ނިޝާން ގާޒީގެ އިއްޒަތް ވެސް އަރުވާފައިވާ ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ބަސްފުޅެއް ވިދާޅުވުމަށް މަޖިލީހުގައި ތަމްސީލުކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ފުރުސަތު ދެއްވި އެވެ.

އެ ފުރުސަތުގައި، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް ވަނީ އިނގިރޭސި ދައުލަތާ ދިވެހި ދައުލަތާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައިފަ އެވެ. ރާއްޖޭގެ ރަދުން، އިނގިރޭސި ރާނީ ވިކްޓޯރިއާ އަށް ފޮނުވި ސިޓީފުޅެއްގައި އެދުނު ގޮތަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 1887 ވަނަ އަހަރު އެވެ. އެގޮތުން 79 ވަނަ އަހަރު އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތެވެ.
އަސްލަމް ވިދާޅުވީ އެ ހިމާޔަތުގެ ސަބަބުން ދެ ދައުލަތަށްވެސް ފައިދާތައް ވެގެންދިޔަ ކަމަށެވެ. އެގޮތުން ބަލައިލާއިރު، ދެ ބޮޑު ހަނގުރާމައިގައި ވެސް އެހެން ގައުމެއްގެ ދަށަށް ރާއްޖެ ނުގޮސް އޮތީ ރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމުން ކަމަށް ވިދާޅުވި އެވެ.
"ދެބަސް ނުވެވޭނެ ހަގީގަތަކީ، އިނގިރޭސި ދައުލަތުގެ އިންތިހާއަށް އެހީތެރިކަމާއި، އަދި ބައެއް ދިރާސާތަކުން ދައްކާގޮތުން ބައެއް ތާރީހީ ދިރާސާކުރާ ބޭފުޅުން ވިދާޅުވާ ގޮތުން، ނުފޫޒާ ވެސް އެކުގައިމެ އަޅުގަނޑުމެންނަށް ގާނޫނުއަސާސީއެއް ލިބިގެން ދިޔައީ. އަދި އެ ގާނޫނުއަސާސީ އުފަންވުމަކީ ރާއްޖޭގެ ހިންގުމަށް އައި އެންމެ ބޮޑު އެއް ބަދަލު،" އަސްލަމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިނގިރޭސީންނާ ހަވާލުކޮށްފައި އޮތް ދުވަސްވަރު، އައްޑޫ އަތޮޅާއި ދެކުނުގެ ރައްޔިތުންނަށް އެތަކެއް ވަޒީފާތަކެއް ފަހިވެ، އެތައް ތަމްރީނުގެ ޕްރޮގުރާމުތަކެއް ހިންގި އެވެ.
".. މުޅި އެ ސަރަހައްދަށް އައި ކުރިއެރުމަކީ އެއީ ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު އައިސްފައިވާ ކުރިއެރުން،" އަސްލަމް ވިދާޅުވި އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި ދެކުނުގެ ތިން އަތޮޅުގައި ހިނގައިދިޔަ ވަކިވެގަތުމުގެ ހަރަކާތައް ނިމުމެއް ގެނެސްދިނުމުގައި ވެސް އެންމެ ބޮޑު އެއް ބާރުވެރިއަކަށް އިނގިރޭސި ދައުލަތްވި ކަމަށް އޭނާ ވިދާޅުވި އެވެ.

".. އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް އިނގިރޭސި ދައުލަތައް، އިނގިރޭސި ރާނީއަށް މިކަންކަމުގައި ޝުކުރުވެރިވާންޖެހޭ ކަމުގައި އަޅުގަނޑު ދެކެނީ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމްގެ ވާހަކައިގައި ވަނީ ރާނީ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމްޑީޕީއާއި މަޖިލިސް މެންބަރުން އަދި އޭނާ ނިސްބަތްވާ އައްޑޫ ސިޓީގެ ރައްޔިތުންނައި އާންމުކޮށް ހުރިހާ ރައްޔިތުންގެ ނަމުގައި އާ ރަސްގެފާނު ތިންވަނަ އަށާއި ޝާހީ އާއިލާއަށް އަދި އިނގިރޭސި ބޮޑުވަޒީރާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފަ އެވެ.
މި ލިއުމާއި ގުޅޭ