Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބިދޭސީ މަސައްކަތްތެރިން

ބިދޭސީ މަސައްކަތްތެރިންނަށް ކުޑަ އުޖޫރަ ނުދިނުމަކީ މުއާހަދާތަކާއި ޤާނޫނުތަކާ ޚިލާފު ކަމެއް: ޓްރާންސްޕޭރެންސީ

އެންމެ ކުޑަ އުޖޫރަ ބިދޭސީންނަށް ދިނުމަށް ޤާނޫނުގައި ކަނޑައަޅާފައި އޮތް މުހުލަތު އުނިކޮށް ވަކި މުއްދަތެއް ނެތް ގޮތަށް ބިދޭސީ މަސައްކަތްތެރިންނަނަށް އެންމެ ކުޑަ އުޖޫރަ ދިނުން ފަސްކުރުމަކީ ބައިނަލްއަޤުވާމީ މުއާހަދާތަކާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ދިނުން ފަސްކުރުމަކީ ރާއްޖެއިން 2013 ވަނަ އަހަރުގެ ޖަނަވަރީ 4 ވަނަ ދުވަހުގައި ސޮއިކޮށް ބައިވެރިވެފައިވާ "އީކުއަލް ރެމިއުނެރޭޝަން ކޮންވެންޝަން"އާ ޚިލާފު ކަމެއް ކަމަށެވެ.

އަދި އެ އިސްލާހުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިން ލައްވައި ކުޑަ އުޖޫރައެއްގައި މަސައްކަތްކުރުން ރާއްޖޭގައި ހުއްދަވާނެ ކަމަށާއި، އެއީ ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގެ ދަށުން މަސައްކަތްތެރީންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރަންޖެހޭކަމަށް ބުނެފައިވާ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ.

އަދި ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދޭން ޤާނޫނީ ގޮތުން ނުޖެހޭނަމަ ކުޑަ އުޖޫރައެއް ދީގެން ބިދޭސީން ލައްވައި މަސައްކަތްކުރުވައި ނާޖާއިޒު ފައިދާ ނެގުމަށް އިތުރަށް މަގުފަހިވާނެ ކަމުގައި ޓްރާންސްޕޭރެންސީން ބުނެއެވެ. އެ ޖަމްއިއްޔާއިން ބުނި ގޮތުގައި ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ދިނުމަކީ އިތުރު ތަކުލީފެއްގެ ގޮތުގައި ވަޒީފާ ދޭ ފަރާތްތަކަށް ފެންނާނެ ގޮތަށް ޤާނޫނަށް ގެންނަ އިސްލާހަކީ ދިވެހި މަސައްކަތްތެރިން އަގުވަޒަންނުކުރާ ކަމުގެ ހެއްކެއް ކަމުގައެވެ.

އަދި މިފަދަ އިސްލާހެއްގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ނުލިބި އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގުރާމުތަކަށް ބުރަ ބޮޑުވާނެ ކަމަށާއި، އެކަމުގެ ސަބަބުން ވަޒީފާ ނެތް ދިވެހި ޒުވާނުން އިންތިހާއަށް އިތުރުވާނެކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

އަދި 2019 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު މަސައްކަތްކުރާ އުމުރުގެ 317،482 މީހުން އެބަތިބިކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ އެއިން މަސައްކަތުގައި އުޅެނީ 191،270 މީހުން ކަމަށެވެ. އަދި މި ފާސްކުރި އިސްލާހުގެ ސަބަބުން ވަޒީފާ ލިބޭ ދިވެހިންގެ އަދަދު އިތުރަށް މަދުވާނެ ކަމަށެވެ.

އެ ޖަމްއިއްޔާއިން ގޮވާލާފައިވަނީ ދޭސީ އަދި ބިދޭސީ މަސައްކަތްތެރިންގެ މެދުގައި އޮތް ތަފާތު ނައްތާލައި ބައިނަލްއަޤުވާމީ މުއާހަދާތަކާ އެއްގޮތަށް އަމަލުކޮށް އެ އިސްލާހު ސަރުކާރުން އަނބުރާ ގެންދިއުމަށެވެ.

މި ލިއުމާއި ގުޅޭ