Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ދަށްވެއްޖެ

ނިމިދިޔަ އޮގަސްޓްމަހު ރޯގާޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށްވެއްޖެއެވެ.

މިދިޔަ އޮގަސްޓްމަހު ރޯގާޖެހިގެން ރިޕޯޓުކޮށްފައިވަނީ 25،713 މީހެއްކަމަށްވާއިރު ޖުލައިމަހުގައި ރޯގާޖެހިގެން 27،553 މީހަކު ރިޕޯޓުކޮށްފައިވެއެވެ.

އޮގަސްޓްމަހު ރޯގާޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ޖުލައިމަހާ އަޅާބަލާއިރު ދަށްވީނަމަވެސް އެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދަށްވުރެ ބޮޑުތަކުން އިތުރެވެ.

ފާއިތުވި 2021 ވަނަ އަހަރުގެ ޖުލައި މަހު ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 3088 މީހެކެވެ. އަދި އެ އަހަރުގެ އޮގަސްޓްމަހު ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 16،222 މީހެކެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 268 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ. އެއީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު، އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ 9 މީހެކެވެ.

މިދިޔަ މަހު އިންފްލުއެންޒާއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރެވެ. އެގޮތުން އޮގަސްޓް މަހު އެ ބައްޔަށް 47 މީހަކު ވަނީ ޕޮޒިޓިވްވެފައިވާއިރު ޖުލައި މަހު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވަނީ 10 މީހެކެވެ.

މިނިސްޓްރީން ބުނިގޮތުގައި މިއަހަރު މިހާތަނަށް 799 މީހަކު އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައިވެއެވެ. އޭގެތެރެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 77 މީހެކެވެ.

މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވެސް އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރެވެ. ނިމިދިޔަ އޮގަސްޓު މަހު 3505 މީހަކު ބޭރަށް ހިންގާ ހޮޑު ލެވޭތީ ޑޮކްޓަރަށް ދައްކާފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރަށް ހިންގައިގެން ރިޕޯޓުކޮށްފައިވަނީ 1700 މީހެކެވެ.

މިނިސްޓްރީން ބުނީ އޮގަސްޓް މަހުގައި ވައިރަލް ހުން އިތުރުވި ނަމަވެސް ފާނަ ބަސަންދާއި ލޮލުރޯގާ ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ ދަށްކަމަށެވެ.

މި ލިއުމާއި ގުޅޭ