Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގޭންގު މާރާމާރީ

ތިން ފުލުހުންނަށް ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނީ ގޭންގަކުން: ސީޕީ

މިއަދު ހެނދުނު ތިން ފުލުހަކަށް ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނީ ގޭންގެއްގެ ބައެއްކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ދިން ހަމަލާގައި ޒަޚަމްވި ތިން ފުލުހުން ގާތަށް އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޙަމީދު ވިދާޅުވީ އެ ތިން ފުލުހުންނަށް ހަމަލާދިނީ ހެންވެއިރު ސަރަހައްދުގައި ކަމަށެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެ ހަމަލާދިނީ ޖިނާއީ ކުށްތައް ކުރުމަށް މަޝްހޫރު ގުރޫޕެއްގެ ބައެކެވެ. އެކަން ހިނގިއިރު އެ ފުލުހުން ތިބީ ޑިއުޓީ ނިންމާފައިކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.

އަދި އެ ހަމަލާދިން 2 މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި، އެކަމުގައި ބައިވެރިވި އިތުރު މީހުންވެސް ހައްޔަރުކުރާނެކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެކަމުގައި ހަލުއި ފިޔަވަޅުތަކެއް އެޅުމަށް ފުލުހުންގެ ޓީމުތަކަށް އިރުޝާދުދެއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ސީރިއަސް ކުށްތަކެއް ގޮތުގައި ބައްލަވާނެ ކަމަށާއި، ފުލުހުންނަށް އަނިޔާކުރުމަކުން އިންތިޒާމުވެގެން ހިންގާ ކުށްތައް ހުއްޓުވަން ކުރާ މަސައްކަތުގައި ފަހަތަށް ފުލުހުން ނުޖެހޭނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

މަސްތުވާތަކެތި ވަގުފާރުކުރުމާއި، އިންތިޒާމުވެގެން އަނިޔާވެރި ކުށްތައް ހިންގާ ގުރޫޕުތައް ހުއްޓުވުމަށް މުޅި ނިޒާމު އެކީ ޝާމިލު ގޮތެއްގައި އިތުރަށް މަސައްކަތްކުރަންޖެހޭ ކަމުގައި ޙަމީދު ވިދާޅުވިއެވެ. އަދި ފުލުސް އޮފިސަރުންގެ ރައްކާތެރިކަމަށް އިތުރު އެއްބާރުލުން ބޭނުންވާ ކަމަށާއި، އެއީ މީހުންގެ ފުރާނަ ރައްކާތެރިކޮށް މުޖުތަމައުތަކަށް ޚިދުމަތްކުރަން ކޮންމެހެން ބޭނުން ކަމެއް ކަމުގައި ސީޕީ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ