Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރާނީ އެލިޒަބަތު

ރާނީ މަރުވުމުން ރާއްޖޭގެ ދިދަ ބައިދަނޑިއަށް

އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ، ކްއީން އެލިޒަބަތު ދެވަނަ މަރުވުމުގެ ހިތާމައިގައި ދިވެހި ގައުމީ ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދިދަ ބައި ދަނޑިއަށް ތިރިކޮށްފައި ހުންނާނީ މިއަދުން ފެށިގެން މިއަންނަ އާދިއްތަ ދުވަހަށެވެ.

ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވައިފައިވާ ބޭފުޅެކެވެ.

އުމުރުފުޅުން 96 އަހަރުގައި އޭނާ ރޭ މަރުވުމާ ގުޅިގެން ރައީސް ސޯލިހު ވަނީ ރަސްކަމުގެ ތަހުތާ ހަވާލުވެ ވަޑައިގަތް އޭނާގެ ދަރިކަލުން ކިންގް ޗާލްސް ތިން ވަނައަށް، ތައުޒިޔާ ފޮނުއްވާފައިވާފަ އެވެ.

1972 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު ރާނީ އެލިޒަބަތު ރާއްޖެއަށް ވަޑައިގެންނެވި އިރު، އެ ހަނދާންތަކަކީ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ހަޔާތުން މުހިއްމު ހަނދާނެއް ކަމަށް ރައީސްގެ ތައުޒިއާގައި ފަހަގަކުރައްވާފައިވެ އެވެ.

ރާނީ އެލިޒަބަތަކީ އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ބޭފުޅާ އެވެ. އެކަމަނާ ވަނީ 1952 ވަނަ އަހަރުން ފެށިގެން އިނގިރޭސި ރަސްކަމުގެ ތަހުތުގައި 70 އަހަރު ފުރުއްވާފަ އެވެ.

އެކަމަނާ ރޭ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ.
މި ލިއުމާއި ގުޅޭ