Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަނދުން ހުސައިން

އެޗްޑީސީގެ އާ އެމްޑީއަށް މަރުހަބާ ކިޔުމަށް ކުރި ހަރަދު ބަލައިދޭން އެދިއްޖެ

އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕްރޮމޯޓްވުމުން، މަރުހަބާ ކިޔުމަށް ކުރި ހަރަދު ބަލައިދޭން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އަރިހުން އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަންގާފައިވާ ދަނޑިވަޅެއްގައި ގައުމުތަކުގެ އިސްވެރިން ރާއްޖެ ވަޑައިގަތުމުން ނުކިޔާ ވަރުގެ މަރުހަބާއެއް، ކުންފުނިތަކުގެ އެއް މަގާމުން އަނެއް މަގާމަށް ޕްރޮމޯޝަން ލިބޭ ވަގުތު ސީއެސްއާރުގެ ދަށުން ހަރަދުކޮށްގެން އެމީހުންނަށް ކިޔާ ކަމަށެވެ.
އަދި މެނޭޖްމަންޓު ބޭނުންވެއްޖެ ނަމަ ބޭނުން ބަޔަކަށް ސީއެސްއާރުގެ ދަށުން ލައްކައިން، ބައި ލައްކައިން ލާރި ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަންކަން ކުރަނީ ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވާފައި އޮންނާތީތޯ، ނުވަތަ އެފަދަ ހަރަދު ކުރާތީ އެކަން ނުކުރަން އަންގާފައިވޭތޯ އަނދުން ހުސައިން މިނިސްޓަރު އަމީރާ ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ދަވަހުން ދުވަހަށް ކުރާ ހަރަދާއި، ކަންތައްތަތައް ކޮށްފައި ހުންނަނީ ސީދާ ފިނޭންސް މިނިސްޓްރީން ސާކިއުލާތަކުން އަންގާ ގޮތަށް ނޫން ކަމަށެވެ. އެ ކުންފުނިތަކުގައި ބޯޑަކާއި އެމްޑީން ތިބޭއިރު، ކުންފުނި ހިންގަނީ އިންޑިޕެންޑެންޓު ގޮތަކަށް ކަމަށެވެ.
".. މިގޮތަށް އެކްސެސިވްކޮށް ހަރަދު ކުރެވޭ ކަމަށް އަޅުގަނޑުމެންނަށް ފާހަގަވާ ތަންތަން މިހާރު ވެސް އަޅުގަނޑުމެން އޮންނާނީ ހަރަދުތައް ކުޑަކުރުމަށް އަންގާފަ. ދެން ސްޕެސިފިކްކޮށް މެންބަރު ތި ފާހަގަކުރެއްވި ކަންތައްތައް އަޅުގަނޑުމެން ބަލަންޖެހޭ ކަމެއް އޮތިއްޔާ އެދުމުން އެކަން އަޅުގަނޑުމެން ބަލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ޖަވާބާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި އަނދުން ހުސައިން ވިދާޅުވީ ދާދި ފަހުން އެޗްޑީސީގެ ޑީއެމްޑީ، އެމްޑީއަށް ބަދަލުވުމުން މަރުހަބާ ކިޔުމަށް ކުރި ބޮޑު ހަރަދު ބަލައިދިނުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑު މިނިސްޓަރު އަރިހުގައި އެދެން ދާދި ފަހުން އެޗްޑީސީގެ ޑީއެމްޑީ، އެމްޑީ އަށް ބަދަލުވީމަ އެ ކުރި ބޮޑު ހަރަދު ވެސް ބަލައިދިނުމަށް، އަދި އެޗްޑީސީން ސީއެސްއާރުގެ ގޮތުގައި ވަރަށް ގިނަ، ގުޅުން ހުރި ފަރާތްތަކަށް ބޮޑެތި އަދަދުން ފައިސާ ދީފައިވާ ކަމުގެ ޝަކުވާތައް އަޅުގަނޑާ ހަމައަށް ގެނެސްދީފައި ހުރީމަ އަޅުގަނޑު އެދެން އެކަން ބަލައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.
".. އަޅުގަނޑު ވެސް ފާހަގަކުރަން އެބަ ޖެހޭ، މާލީ ވަޒީރުކަން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޒިންމާ ވާގޮތަށް ނުވަތަ މަޖިލީހަށް ޖަވާބުދާރީ ވާގޮތަށް މި އޮންނަނީ،" އަނދުން ހުސައިންގެ ވާހަކައާ ގުޅިގެން ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
އާތިފަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން--
އެޗްޑީސީގެ ކުރީގެ އެމްޑީ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް މިދިޔަ އާދިއްތަ ދުވަހު އައްޔަންކުރީ ކުރީގެ ޑީއެމްޑީ އަހްމަދު އާތިފް އެވެ. އެކަމާ ގުޅިގެން ހޯމަ ދުވަހު އާތިފް އޮފީހަށް ވަޑައިގެންނެވި އިރު ސަގާފީ މަރުހަބާއެއް ކިޔެވެ.
އެދުވަހު ބިދަބިން ބޮޑުބެރު ގްރޫޕުގެ ސަގާފީ ބޭންޑް އޭނާގެ ފަހަތުން އެޗްޑީސީގެ އޮފީހަށް ދިޔައީ ދަނޑި ޖަހަމުންނެވެ. އޭރު ކުންފުނީގެ މުވައްޒަފުން މަރުހަބާ ކިޔުމަށް އޮފީސް ތިރީގައި ތިއްބެވެ. އެ ހަފްލާ ކުރިއަށް ގެންދިޔައީ ކޭކު ފެޅުމާއި ސަޔާ ވެސް އެކު އެވެ.
މި ލިއުމާއި ގުޅޭ