Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔޫރަޕު

ޔޫރަޕުގެ މައުދަނުގެ ސިނާއަތް ނެތިދިއުމުގެ ނުރައްކަލުގައި އޮތްކަމުގެ އިންޒާރު

ޔޫރަޕަށް ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާގެ ސަބަބުން، މައުދަނުގެ ވިޔަފާރިކުރާ އެ ބައްރުގެ ކުންފުނިތައް ބަނގުރޫޓުވެ ނެތިގެން ހިނގައިދާނެކަމުގައި އެ ކުންފުނިތަކުގެ ވެރިން އިންޒާރު ދެއްވައިފިއެވެ.

ވިލާތުގެ އިއްތިހާދުގެ ލީޑަރުންނަށް ފޮނުއްވި ސިޓީއެއްގައި، ޔޫރަޕުގެ މައުދަނުގެ ސިނާއީ ޖަމްއިއްޔާ ޔޯރޯމެޓައުޒްއިން ބުނެފައިވަނީ ވިލާތުގެ އިއްތިހާދުން މަދަދެއް ނުލިބިއްޖެނަމަ މިހާރު ދަގަނޑުގެ މަސައްކަތްކުރާ ކުންފުނިތަކަށް ކުރިމަތިވެފައިވާ މައްސަލަތައް އިތުރަށް ބޮޑުވާނެ ކަމަށެވެ.

ސްލޮވާކިއާގައި އެލުމިނިއަމްގެ މަސައްކަތްކުރާ ކުންފުންޏަކާއި ނެދަލޭންޑްސްގައި ޒިންކްގެ މަސައްކަތްކުރާ ކުންފުންޏެއްގެ މަސައްކަތްތައް މިހާރުވެސް ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަކޮށް އެ ޖަމްއިއްޔާއިން ބުނީ މައުދަނުގެ މަސައްކަތްކުރާ އިތުރު ކުންފުނިތަކާއި ކާރުޚާނާތައް ކުރިއަށް އޮތް ތަނުުގައި ބަންދުކުރަންޖެހޭނެ ކަމަށެވެ.

މައުދަނުގެ މަސައްކަތްކުރާ 40 ކުންފުންޏެއްގެ ވެރިން ސޮއިކުރައްވައި ފޮނުއްވި ސިނާއީ ޖަމްއިއްޔާގެ ސިޓީގައި ބުނެފައިވަނީ ކުރިއަށް އޮތް ފިނި މޫސުމުގައި އެ ސިނާއަތުގެ ގިނަ ކުންފުނިތަކަށް ވަރުގަދަ ބޮޑު ގެއްލުމެއް ލިބިގެންދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

އަދި އެ ސިޓީގައި ވިލާތުގެ އިއްތިހާދާއި މެންބަރު ދައުލަތްތަކުގެ ވެރިންގެ ކިބައިން އެދިފައިވަނީ ކަރަންޓު ގިނަ އަދަދަކަށް ބޭނުންކުރަންޖެހޭ ސިނާއަތްތައް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށެވެ. އެހެން ނޫންނަމަ އެ ސިނާއަތްތައް ގެއްލި އެތައް ބައިވަރު ވަޒީފާއެއް އަބަދަށް ނެތިގެން ހިނގައިދާނެ ކަމަށެވެ.

ޔޫރަޕަށް ގޭސް ފޯރުކޮށްދިނުން ރަޝިޔާއިން ހުއްޓައިލުމާ ގުޅިގެން ޔޫރަޕުގެ ހަކަތައިގެ އަގުތައްވަނީ އޭޝިޔާ އަދި އެމެރިކާ ބައްރުގެ ހަކަތައިގެ އަގުތަކަށްވުރެ އެތައް ގުނައެއް މަތިވެފައެވެ. އަދި އެކަމުގެ ސަބަބުން ޔޫރަޕުގެ ސިނާއަތްތަކުގެ ތެރެއިން ގިނަ ސިނާއަތްތަކެއް ނެތިގެން ދިއުމުގެ ބިރުވަނީ ބޮޑުވެފައެވެ.

ޔޫރޯމެޓައުކްސްއިން ބުނި ގޮތުގައި ކާރާއި މަތިންދާބޯޓާއި، އެ ނޫންވެސް މުހިއްމު ތަކެތި އުފެއްދުމަށް ބޭނުންވާ އަސާސީ ބާވަތެއް ކަމުގައިވާ ޒިންކު ޔޫރަޕުން އުފައްދާ މިންވަރުވަނީ ދެބައިކުޅަ އެއްބައި މިހާރުވެސް މަދުކޮށްފައެވެ.

ރަޝިޔާއިން ޔޫރަޕަށް ތެޔޮ ދޫކުރުން މެދުކަނޑައިލުމާ ގުޅިގެން ޔޫރަޕުގެ ތެލުގެ އަގުވަނީ 12 ގުނަ ބޮޑުވެފައެވެ.

މި ލިއުމާއި ގުޅޭ