އައްޑޫ ސިޓީގައި އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން މުދިމަކު ސަސްޕެންޑްކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ޚުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެފައިވާތީ ހުކުރު ނުކުރެވޭ ގޮތަށް އެމީހާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
"ހުތުބާ ކިޔުމުގެ އުސޫލާ ހިލާފު ވެގެން އެ މައްސަލަ އިތުރަށް ބެލުމަށްޓަކާ ހަތީބަކު ވަނީ ހުކުރުކުރުމުން ސަސްޕެންޑް ކޮށްފައި" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ ސ. މީދޫއަށް ނިސްބަތްވާ މުހައްމަދު ރަޝީދު ކިޔާ މުދިމެކެވެ.
މުހައްމަދު ރަޝީދު ސަސްޕެންޑްކޮށްފައިވަނީ ގުރުއާނާއި ހަދީސްތަކާއި އޭގެ މާނައަށް ބަދަލެއް ނުގެނެސް، ހުތުބާގައި ދެން ހުރި ބައިތައް އައްޑޫ ބަހުރުވަ އަށް ބަދަލުކޮށްގެން ހުތުބާ ކިޔުމުންކަން ދިޔަރެސް އަށް ވަނީ މައުލޫމާތު ލިބިފައެވެ.