Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫގެ "ސުޕަނެޓް" ބާރަށަށް ތައާރަފްކޮށް ހިދުމަތް ދޭން ފަށައިފި

އުރީދޫ މޯލްޑިވްސްގެ ފައިބާ "ސުޕަނެޓް" ހއ. ބާރަށަށް ތައާރަފްކޮށް މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ. އުރީދޫން ބުނީ ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކުގައި މި ޚިދުމަތް ލިބޭނެ ކަމަށެވެ.

"ސުޕަނެޓް" ތައާރަފް ކުރުމަށްފަހު އުރީދޫއިން ބުނީ އަލަށް މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް 300 ޖީބީ އިތުރު ޑޭޓާ ތިން މަހަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ހިދުމަތް އަލަށް ހޯދާ ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބަލަން ގަތަރަށް ދިޔުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެ ކަމަށެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ މިއަދު ބާރަށުގެ ރައްޔިތުންނަށް ސުޕަނެޓް ފޯރުކޮށްދިނުމަކީ އިތުރު އާ ފުރުސަތުތަކަކާ އެ ރަށުގެ ރައްޔިތުން ގުޅުވާލަދިނުން ކަމަށެވެ. އަދި އެއީ ލިބޭ ވަރަށް ބޮޑު އުފަލެއްކަން ފާހަގަ ކުރައްވައި ނިޔާޒް ވިދާޅުވީ ސުޕަނެޓް ޕްލޭންތަކުން ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތައް އަދި ޑޭޓާ ރޯލްއޯވާ ހިދުމަތް ލިބޭނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒާ އެއްގޮތައް ރާއްޖޭގެ ހުރިހާ ހިސާބަކައްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށްދާނެކަމުގެ ޔަގީންކަންއަރުވަން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ބުނީ ސުޕަނެޓާ ގުޅޭ މައުލޫމާތް http://ore.do/getsupernet އިން އި ހިދުމަތަށް އެދެވޭނެ ކަމަށެވެ.

އުރީދޫއިން ދާދި ފަހުން ވަނީ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. އެގޮތުން 5 ގުނަ އިތުރު ސްޕީޑާއެކު %100 އާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ ގޮތް ވަނީ ހަދައިފައެވެ. އަދި ޑޭޓާ އެލަވަންސް ހުސްވިޔަސް ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްގެ އިތުރުން ބޭނުންނުކޮށް ހުންނަ ޑޭޓާ އަންނަ މަހަށް ގެންދެވޭ ރޯލް އޯވާގެ ހިދުމަތާއި މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އަށް އިތުރުވެގެންދާނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

ހއ. ބާރަށުގައި ގާތްގަނޑަކަށް 1،900 އެއްހާ މީހުން ދިރިއުޅެއެވެ.
މި ލިއުމާއި ގުޅޭ