Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

ސީލިންގު ފަޅާލައި ފިލި ބިދޭސީމީހާ އަދިވެސް ނުފެނޭ: އިމިގްރޭޝަން

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުއްޓާ ފިލި ބިދޭސީމީހާ އަދިވެސް ނުފެންނަ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

“ދިޔަރެސް”އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ އަދިވެސް ނުފެންނަ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށެވެ.

އިމިގްރޭޝަން

މި ކަމާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނެފައިވަނީ އެއާޕޯޓުގައި ހުންނަ ޑިޓެންޝަން ސެންޓަރުން ބިދޭސީއަކު ފިލައިގެން ރޭ ފަތިހު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓުގެ ސީލިންގް ފަޅާލައިގެން ފިލާފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު މިތުން ކިޔާ މީހެކެވެ.

މިދިޔަ ބުދަ ދުވަހު ރާއްޖެ އައުމުން، އޭނާ އެތެރެވިޔަ ނުދީ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރީ އޭނާ އަކީ މީގެ ކުރިން ރާއްޖޭގައި އުޅެނިކޮށް ޑީޕޯޓް ކޮށްލާފައިވާ މީހަކަށް ވާތީ އެވެ.

އެކަމަކު އޭނާ ޑީޕޯޓްކޮށްލީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.

މި ލިއުމާއި ގުޅޭ