Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޢުލީމީ ވުޒާރާ

މ. އަތޮޅު ތައުލީމީ މަރުކަޒުގައި ކަރަންޓް ނެތި ތުއްތު ދަރިވަރުންތަކަކަށް ކިޔަވައިދިން މައްސަލައެއް!

މ. އަތޮޅު ތައުލީމީ މަރުކަޒުގައި އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް 1 ގެ ދަރިވަރުންގެ ކްލާސްރޫމްތަކުގައި ކަރަންޓް ނެތި ކިޔަވައިދޭތާ ހަފްތާއެއްހާ ދުވަސްވެފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ސްކޫލުގެ ބެލެނިވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދިންގޮތުގައި ދަރިވަރުންނަށް ކަރަންޓު ނެތި ކިޔަވައިދޭތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު ބެލެނިވެރިންގެ ސަމާލުކަމަށް އެ މައްސަލަ އައީ މިއަދުއެވެ.

ބެލެނިވެރިޔާ ބުނީ މި މައްސަލައާ ގުޅިގެން ސްކޫލު މެނޭޖުމަންޓާއި ވާހަކަ ދެއްކުމުން އެއީ ދެބުރި އިމާރާތެއްވީމައި ޝީޓް މައްޗަށް ފެން އެޅޭތީ ދިމާވާ މައްސަލައެއް ކަމަށް ބުނެފައިވާކަމަށެވެ.

އޭނާ ބުނިގޮތުގައި ކަރަންޓް ނެތި ހަފްތާއެއްހާ ދުވަސްވެފައިވާއިރު ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ހަމަ އެ ކްލާސްރޫމްތަކުގައެވެ. އަދި އެކަން ޓީޗަރުންވެސް ކަށަވަރުކޮށްދީފައިވާކަމަށާއި އެކަމާއި ގުޅިގެން ކުދިން ގާތު ސުވާލުކުރުމުން "ފަންކާ އާއި ލައިޓާ ނެތި ބައިވަރު ދުވަސްވަންދެން" ކިޔެވުން ކުރިއަށް ދިޔަކަމަށް ބުނެފައިވާކަމަށްވެސް ބެލެނިވެރިޔާ ބުނެފައިވެއެވެ.

ތައުލީމީ މަރުކަޒުގެ އެ ދަރިވަރުންގެ ކިޔެވުން އޮންނަނީ ހެނދުނު 7:15 އިން ފެށިގެންނެވެ. އެގޮތުން އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުންގެ ކިޔެވުން ހެނދުނު 10:15 އަށް އޮންނަ އިރު ގްރޭޑް 1 ގެ ދަރިވަރުންގެ ކިޔެވުން 11:25 ޖަހަންދެން ކުރިއަށް ދެއެވެ.

ބެލެނިވެރިޔާ ބުނިގޮތުގައި މި މައްސަލައަށް ހައްލު ލިބޭނެ ވަކި ތާރީހެއް ސްކޫލު މެނޭޖުމަންޓޫން ދީފައެއް ނުވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް މ. އަތޮޅު ތައުލީމީ މަރުކަޒާ މިވަގުތު ހަވާލުވެ ހުންނެވި ލީޑިން ޓީޗަރާއި އަދި އެރަށު ސްކޫލުގެ ނަންބަރަށް ގުޅުމުންވެސް އަދި މެސެޖް ކުރުމުންވެސް ޖަވާބު ދީފައެއް ނުވެއެވެ.

މީގެއިތުރުން މި މައްސަލަ އެޑިއުކެޝަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވޭތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހްމަދު އަލީއަށް ގުޅުމުންވެސް އަދި މެސެޖްކުރުމުންވެސް ޖަވާބު ދެއްވާފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ