Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައިފް ފާތިހު

ގާސިމް ބަރުލަމާނީއަށް ތާއީދު ނުކުރައްވަނީ އަނބިކަނބަލުންނަށް މަގާމު ނުލިބޭނެތީ: ސައިފް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަނީ އެ ނިޒާމުގައި އެނާގެ އަނބިކަނބަލުންނަށް މަގާމު ނުލިބޭނެތީ ކަމަށް ސިޓީ ކައުންސިލުގެ ގަލޮޅު އުތުރުދާއިރާގެ އެމްޑީޕީ ކައުންސިލަރު މުހައްމަދި ސައިފް ފާތިޙު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި މަސައްކަތް ފައްޓަވާފައިވާއިރު، އެ ނިޒާމަށް ތާއީދު ނުކުރައްވާނެކަން ގާސިމް ވަނީ ހާމަކުރައްވާފަ އެވެ.
އެކަމާ ގުޅިގެން ގާސިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ސައިފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ އަނބިކަނބަލަކަށް ވުން ފިޔަވާ އިތުރު ސަބަބެއް ނެތި އަނބިކަނބަލުން އެއިންނެވީ ކެބިނެޓް ވަޒީރަކަށް ކަމަށެވެ.

"ވީމާ އެގޮތް ބަދަލުވާން މަނިކުފާނު އެދިވަޑައި ނުގަންނަވާނެކަން އެއީ ހައިރާންވާ ކަމެއްނޫން!" ސައިފް ވިދާޅުވި އެވެ.

އޭނާ އިޝާރާތްކުރެއްވީ ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ޓްރާންސްޕޯޓު މިނިސްޓަރަކަށް ހުންނެވި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އަށެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ސަބަބެއް ކަމަށް ގާސިމް ވިދާޅުވެފައިވަނީ ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެން ކަމަށް ވާތީ އެވެ. ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތައް ކަމަށް ވާއިރު، ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިހުބު ކުރާ ފަރާތެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ނަޝީދު އިސްވެ މަސައްކަތް ފެއްޓެވި ނަމަވެސް، އެކަމަށް ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ޗެއާޕާސަންް ޕައްޔާޒު އިސްމާއީލްގެ ތާއީދުވެސް ނެތެވެ.
މި ލިއުމާއި ގުޅޭ