މުޅި މާލެއިންނާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކުއްލި ގޮތަކަށް ކަރަންޓު ކެނޑިއްޖެއެވެ.
މުޅި މާލެއިން އަދި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު ކަރަންޓު ކެނޑުނު ސަބަބެއް މިހާތަނަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމުގައިވާ ސްޓެލްކޯއިން ހާމަނުކުރެއެވެ.
މިއީ މާލެއާއި ހުޅުމާލެ އެއް ކަރަންޓު ވިއުގައަކުން ގުޅުވައިލި ފަހުން މި ސަރަހައްދުގެ މިހާ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެވެ.
ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މުޅި މާލެއިންނާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް އެ ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށެވެ.