Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އެދިވަޑައިގަތީ ބަރުލަމާނީ ގަރާރު އަނބުރާ ގެންދެވުމަށްފަހު ހޮޅުއަށިތަކުގައި ބަހުސް ކުރަން!

ބަރުލަމާނީ ގަރާރު އަނބުރާ ގެންދެވުމަށްފަހު ހޮޅުއަށިތަކުގައި އެކަމާއި ގުޅިގެން ބަހުސް ކުރުމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިލްތިމާސްކުރައްވައިފިއެވެ.

"ރާއްޖެ ޓީވީ" އަށް ދެއްވި އެކްސްކްލޫސިވް ފޯން އިންޓަރވިއުގައި، ރައީސް ޞާލިހް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ޞާލިހް ވިދާޅުވެފައިވަނީ މިވަގުތަށް ރާއްޖެއަށް މުހިންމީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށެވެ. އަދި މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށާއި ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށްވެސް އެމަނުކުފާނު ވިދާޅުވެފައިވެއެވެ.

ނަމަވެސް ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރާ ނަމަ އެ މަސައްކަތް ކުރެއްވިދާނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް ވާހަކަދައްކާ، ހޮޅިއަށިތަކުގައި ބަހުސްކުރެވިދާނެކަމަށް ރައީސް ޞާލިހް ވިދާޅުވެފައިވެއެވެ.


"އަޅުގަނޑަށް ޕާސަނަލީ ގަބޫލުކުރެވެނީ މިހާރު މި އޮތްގޮތް، އެއީ ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންގެ ފުރިހަމަ އަގުބަލިއްޔަތަކުން ހޮވޭ ރައީސަކާއެކު އެކުލެވޭ ސަރުކާރަކަށް ހިންގުމުގެ ބާރު އޮތުން. ދެވަނަ ކަމަކަށް ރައްޔިތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮތުން. މިނިވަންކަމާއެކީގައި ޝަރީއަތްކުރެވޭ ގޮތަށް ޖުޑިޝަރީ އޮތުން. ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމެއް އެއީ އަޅުގަނޑު ގަބޫލުކުރާ ނިޒާމަކީ. އަޅުގަނޑަށް ގަބޫލުކުރެވެ ގޮތުގައި މިހާރު އޮތް ގަރާރަކީ އަދި މިއޮތްގޮތަށް ކޮންގްރެސްއަށް ހުށަހަޅައިގެން ބަހުސްކޮށްގެން ވޯޓާ ހިސާބަށް ދާވަރަށްވުރެ މާ ޅަފަތުގައި އޮތް ގަރާރެއް. އަޅުގަނޑުގެ އިލްތިމާސަކީ މި ގަރާރު އަނބުރާ ނެންގެވުން. އަނބުރާ ނަންގަވާފައި މިކަމާއި ދޭތެރޭގައި ވިސްނުންގެންގުޅުއްވާ ފަރާތްތަކުން ރައްޔިތުންނާއި ކައިރިއަށްދާންވީ. ގޭގެއަށްވެސް ދާންވީ. ޕްލެޓްފޯމްތަކުގައި ވާހަކަދައްކަވަންވީ. ހޮޅުއަށިތަކުގައި ވާހަކަދައްކާ ބަހުސްކުރަންވީ" އެ ނޫހަށް ދެއްވި އިންޓަވިއުގައި ރައީސް ޞާލިހް ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ފާސްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެ ގަރާރު ޕާޓީގެ ތެރެއިން ފާސްވެއްޖެނަމަ އެކަމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް މަޖިލީހަށް އެ މައްސަލަ ވައްދާ ބަހުސް ކުރަންޖެހޭނެކަމަށެވެ.

މި ލިއުމާއި ގުޅޭ