Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ވަހީދު (ވައްޑެ(

މާތް الله ގެ ރަޙުމަތް އަންނަނީ އިޔާޒު މެދުވެރިކޮށެއް ނޫން: ވައްޑެ

މާތް الله ގެ ރަޙުމަތް އަންނަނީ އިޔާޒު މެދުވެރިކޮށް ނޫންކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ޑރ. އިޔާޒަށް ފާޑުވިދާޅުވެއްޖެއެވެ.

ވައްޑެ ޑރ. އިޔާޒަށް ފާޑުވިދާޅުވެފައިވަނީ ކޮންމެ ނިޒާމެއް އޮތަސް ﷲގެ ރަހުމަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށް މި ޤައުމުގެ ހުންގާނޔ ދެން ނުލިބޭނެކަމަށް ޑރ. އިޔާޒް ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް اللهގެ ރަޙުމަތް އަންނަނީ އިޔާޒު މެދުވެރިކޮށް ނޫންކަމަށާއި އަދި ރަޙުމަތް ލައްވަނީ އިޔާޒު ގަޔާވާ މީހުންނަށް އެކަންނިވެސް ނޫންކަމަށެވެ.

ކޮންމެ ނިޒާމެއް އޮތަސް ރައީސް ނަޝީދަށް ދެން ވެރިކަން ނުލިބޭނެކަމަށް ޑރ. އިޔާޒް ވިދާޅުވެފައިމިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ޤަރާރެއް އެމްޑީޕީގެ ކޮންގުރެސްއަށް އެ ޕާޓީގެ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދުގެ މި ޤަރާރަކީ އެ ޕާޓީގެ ނައިބުރައީސް އަދި ރައީސް އޮފީހުގެ ވަޒީރު މުޙައްމަދު ޝިފާޒުގެ ތާއީދާއެކު ހުށަހެޅުއްވި ޤަރާރެކެވެ. ޤަރާރުގައި ބުނެފައިވަނީ މިހާރު އިންތިޚާބުގެ އުސޫލުތަކާއި ވެރިކަމުގެ ނިޒާމު އޮތް ގޮތުން ސާފު މުތުލަގު ބާރުތަކާއެކު އެއް ޕާޓީއަށް ވެރިކަމަށް އާދެވުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. އަދި އެހެން ޕާޓީތަކާ އިއްތިހާދުވެގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އެމްޑީޕީން ކާމިޔާބުކުރުމުން، ޕާޓީގެ ވައުދުތައް ފުއްދައިނުދެވި، ސަރުކާރު ހިންގުން ގަޑުބަޑުވެ އާންމުންގެ އިތުބާރު ޕާޓީއަށް ގެއްލޭ ކަމަށެވެ.
އެ ޤަރާރުގެ ދަށުން ޤާނޫނު އަސާސީއަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ އެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ތާއީދު އޮންނަ ބޮޑުވަޒީރެއް ކަމުގައި ހަމަޖެއްސުމާއެކު، ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ކަނޑައެޅުން ހިމެނެއެވެ.
މި ލިއުމާއި ގުޅޭ