Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެސްޓޯރެންޓު ކެފޭ

އޯވާ ވޯޓަރ ރެސްޓޯރެންޓް ހަދަން އެންމެ ބޮޑު އަގެއް ހުށަހެޅީ އާމިރު މަންސޫރު

ހުޅުމާލޭގައި "އޯވާވޯޓާ" ރެސްޓޯރަންޓެއް ހަދައި ހިންގުމަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ހުށަހަޅާފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރުކަމަށް އެޗްޑީސީ އިން ހާމަކޮށްފިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ކޯރު ކައިރިން އިރުމަތީގައި "އޯވާ ވޯޓާ" ރެސްޓޯރަންޓެއް ހަދާނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއުލާންކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

އެޗްޑީސީން ބުނީ އެފުރުސަތުގައި ހަތަރު ފަރާތަކުން ކުރިމަތިލާފައިވާކަމަށާއި ނަމަވެސް ފުރިހަމަކުރަންޖެހޭ މައުލޫމާތުތައް ފުރިހަމަނުވުމުގެ ސަބަބުން އޭގެ ތެރެއިން އެއް ޕްރޮޕޯސަލް ރިޖެކްޓްކޮށްލާފައިވާކަމަށެވެ.

އޯވާވޯޓާ ރެސްޓޯރަންޓް ހެދުމަށް އެޑްވާންސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހުށަހެޅީ އާމިރު މަންސޫރު އިންވެސްޓްމަންޓުންނެވެ. އެއީ 2.3 މިލިއަން ރުފިޔާއެވެ.

ދެން ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ހުށަހަޅާފައިވަނީ 500،000-655،000ރ. އާ ދެމެދުގެ އަގުތަކެވެ.

މި ލިއުމާއި ގުޅޭ