Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ ގެއިން ފެނިފައިވަނީ ދައުލަތުގެ ސިއްރު ލިޔެކިޔުންތައް

އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެއަށް އެމެރިކާގެ އެފްބީއައި އޭޖެންޓުން ވަދެ ބަލާ ފާސްކުރިއިރު އެގެއިން ދައުލަތުގެ އެންމެ ސިއްރު ލިޔެކިޔުންތައް ކަމަށް ކަނޑައަޅާފައިވާ ބައެއް ލިޔެކިޔުންތައް ފެނިފައިވާކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބުނެފިއެވެ.

އެމެރިކާގެ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ގެއަށް އެފްބީއައި އިން ވަދެފައިވަނީ މިދިޔަ ހޯމަ ުވަހުގައެވެ. އަދި އެގެއެއިން ގިނަ އަދަދެއްގެ ތަކެތި ގެންދިޔައެވެ. އެކަމާއި ގުޅިގެން ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީއިން ވަނީ އެމެރިކާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިގޮތުންް އެކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕްއަށް ވާދަކުރިޔަ ނުދޭންވެގެން ރާވައިގެން ކުރާކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި އެފްބީއައިއަށް ދީފައި އޮންނަ ބަޖެޓު ކުޑަކުރާނެ ކަމުގެ އިންޒާރު ރިޕަބްލިކަން ޕާޓީން ވަނީ ދީފައެވެ.

ޓްރަމްޕްގެ ގެއަށް ވަންނަން އެމެރިކާގެ ޖަޖަކު ނެރުނު އަމުރުގައި އެ ޤައުމުގެ އެސްޕިއޮނާޖް ޤާނޫނަށް ހަވާލާ ދީފައިވެއެވެ. އެ ޤާނޫނުގެ ދަށުން ޤައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތު ހާމަކުރުމަކީ ކުށެކެވެ.

މިކަމާއި ގުޅިގެން ޓްރަމްޕް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ ގޭގައި ހުރި ލިޔެކިޔުންތަކަކީ ސިއްރު ނޫން ލިޔެކިޔުންތަކުގެ ގޮތުގައި ކަނޑައަޅާފައި ހުރި ލިޔެކިޔުންތައް ކަމަށާއި އެތަކެތި ހުރީ ރައްކާތެރި ތަނެއްގައި ކަމަށެވެ. އަދި ލިޔެކިޔުންތައް ހުރީ ކޮންމެ ވަގުތެއްގައި ވެސް ލިބޭގޮތަށް ކަމަށާއި އެގޮތަށް އެފްބީއައި ވަދެ ބަލާފާސްކޮށް އެ ލިޔެކިޔުންތައް ގެންދިޔައީ ސިޔާސީ ބޭނުމެއްގައި ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ވެރިކަމުން ބަލިވުމުން، ވައިޓް ހައުސް ދޫކޮށް ދިޔައިރު ޓްރަމްޕް، އެމެރިކާ ސަރުކާރުގެ ބައެއް ލިޔެކިޔުންތައް ގެއަށް ގެންދިޔަ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަމާއި ގުޅޭ ތަހުގީގެއް މިހާރު ދަނީ ހިންގަމުންނެވެ.

މި ލިއުމާއި ގުޅޭ