ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ބޭރުން ފައިސާ ލިބިގަތުމަށް ގިނަ އަދަދެއްގެ ބަޔަކު ބޭނުން ކުރާ ވެސްޓަރން ޔޫނިއަންގެގެ މަނީ ޓްރަންސްފަރ ހިދުމަތް ދިވެހިރާއްޖޭގައި މެދުކެނޑިއްޖެއެވެ.
ރާއްޖޭގައި ވެސްޓަރން ޔޫނިއަންގެ އެޖެންޓަކީ އައިލޭންޑް ފައިނޭޝަލް ސާވިސަސްއެވެ. އެއީ ވިލާ ގުރޫޕުގެ ކުންފުންޏެކެވެ. ވެސްޓަރން ޔުނިއަންގެ ހިދުމަތް ހުއްޓުނީ މަރުކަޒީ ބޭންކު އެމްއެމްއޭ އިން އައިލޭންޑް ފައިނޭންޝިއަލް ސާވިސް އަށް ދީﷲައިވާ ލައިސަންސް ހިފެހެއްޓުމުންނެވެ. އެކަންކޮށްފައިވަނީ ކީއްވެކަމެއް އަދި އެމްއެމްއޭއިން ހާމަނުކުރެއެވެ.
އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދިފަހުން އެމްއެމްއޭއިން ވަނީ އައިލޭންޑް ފައިނޭޝިއަލް ސާވިސްއަށް ބައެއް ކަންކަން އިސްލާހުކުރަން އަންގާފައެވެ. މިގޮތުން އެ ކުންފުނިން ގެންގުޅޭ އެޕްލިލޭޝަނަށް ބަދަލުތަކެއް ގެނައުމަށް އެންގިކަމަށް މައުލޫމާތު ލިބެއެވެ.
ވެސްޓަރން ޔޫނިއަން މެދުވެރިކޮށް އެންމެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. ދިވެހިންވެސް މި ހިދުމަތް ކޮންމެވެސް ވަރަކަށް ބޭނުން ކުރެއެވެ. އެހެން ނަމަވެސް އިންޓަނެޓް ބޭންކިން ތައާރަފްވުމާއި ގުޅިގެން މި ހިދުމަތް ބޭނުންކުރާ ދިވެހިންގެ އަދަދު ވަނީ މިހާރު ވަރަށް ބޮޑަށް މަދުވެފައެވެ.