Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނަނީ

މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ބުނީ މާދަމާގެ ވަގުތެއްގައި އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެ އަންނާނެ ކަމަށް ބެލެވޭކަމަށެވެ.

މިކަމާގުޅިގެން އެމްއެމްޕީއާރްސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއީ އުފާވެރި މުނާސަބަތެއްކަމަށާއި ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް އެއް މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމާ ގާތަށް އާދެވިފައިވާކަމަށެވެ.

އަދި މިއީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޓުރިޒަމް ދާއިރާގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޔިބު އިތުރަށް ވިދަޅުވީ މި ކާމިޔާބީ ފާހަގަކުރާއިރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އޮތް އޮތުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކޮށް ހިތްވަރާއެކު ކުރިއަށް ގެންދަން ޖެހޭކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީއިން ހުއްޓުމެއްނެތި ސަނީ ސައިޑް އޮފް ލައިފް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން މި އަހަރުގެ މިހާތަނަށް ގިނަ އެމްއެމްޕީއާރްސީން މާކެޓިން ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. އެގޮތުން އިންޓަވިއުތަކާއި އެހެނިހެން ބައިވެރިވުން ހިމެނުމުން މާކެޓިން ހަރަކާތްތަކުގެ އަދަދު 400 އާ ގާތްކުރާކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ