Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓޭބަލް ޓެނިސް

ސޮލިޑަރިޓީ ގޭމްސް: ރާއްޖޭގެ އަންހެން ޓީޓީ ޓީމް ސެމީފައިނަލަށް

ތުރުކީގެ ކޮންޔާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ސެމީ ފައިނަލަށް ރާއްޖޭގެ ޒުވާން އަންހެން ޓޭބަލް ޓެނިސް(ޓީޓީ) ޓީމް ދަތުރުކޮށްފިއެވެ.

56 ގައުމު ވާދަކުރާ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގެ ސެމީ ފައިނަލަށް ދިވެހި ޓީމް ދަތުރު ކުރީ ޔުގެންޑާ ބަަލިކޮށްގެންނެވެ.

މިނިސްޓަރު މަހުލޫފް

ދިވެހި ޓީމުން ހޯދި ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެފައި ވަނީ މިއީ ކުޅިވަރުގަ ރާއްޖެއަށް ވަރަށް ބޮޑު ކާމިޔާބެއް ލިބުނު އަދި ތާރީހީ ދުވަހެއް ކަމަށެވެ.

އަދި ފައިނަލުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މިނިސްޓަރު ވަނީ ހިތްވަރު ދެއްވައިފައެވެ.

ރާއްޖޭގެ ޓީޓީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ދުނިޔޭގެ ފެންވަރުގެ އެކި އެކި މުބާރާތްތަކުން މީގެ ކުރިން ވެސް ގިނަ ކާމިޔާބީތަކެއް ހޯދައި އަދި މިހާރުވެސް ހޯދަމުންދާ ކުޅުންތެރިން ތަކެކެވެ.

މި ލިއުމާއި ގުޅޭ