Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ވަހީދު

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަންނަނީ ބައެއް ގައުމުތަކުގެ ރައްޔިތުންގެ ޓެކްސް ފައިސާއިން: ޑރ. ވަހީދު

ފަލަސްޠީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަންނަނީ ބައެއް ގައުމުތަކުގެ ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުންކޮށްގެން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ. ވަހީދު ހަސަންމަނިކް ވިދާޅުވެއްޖެއެވެ.

ޔޫއެންގެ އިތުރުން އެރިކާގެ ރައީސް ޖޯ ބައިޑެން ޓެގް ކުރައްވައި ޑރ. ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމާއި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމާއި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި، ފަލަސްޠީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުމަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ހިންގާ ކަންކަން ކަމަށެވެ.

އިސްލާހަށް މސައްކަތް ކުރާކަމަށް ބުނާ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެފަދަ ބައިވެރިވުމެއް މި ވީ ކީއްވެތޯ ޑރ. ވަހީދު ވަނީ ސުވާލު ކުރައްވައިފައެވެ. މީގެ އިތުރުން ޑރ. ވަހީދު ވަނީ ފަލަސްތީނުމީހުންގެ އިންސާނީ ހައްގުތަކަކީ ކޮބައިތޯ ވެސް ސުވާލު ކުރައްވައިފައެވެ.

އަންނަ ނޮވެންބަރު މަހުގައި އިސްރާއީލުގެ އާންމު އިންތިޚާބު ބާއްވަން ތާވަލުކޮށްފައިވާއިރު އެ އިންތިޚާބު ކައިރިވުމާއެކު އިސްރާއީލުން ޣައްޒާއަށް ބޮން އަޅަނީ އިންތިޚާބުގައި މިހާރު އޮތް އިސްރާއީލު ސަރުކާރަށް ތާއީދު އިތުރުކުރަންކަމަށް ފަލަސްޠީނުގެ ކަންކަން ތަހުލީލުކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

ޣައްޒާއަށް ހުކުރުދުވަހުން ފެށިގެން އިސްރާއީލުން ދޭން ފެށި މިސައިލު ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ އެތައް އިމާރާތެއް ވަނީ ބިމާ ހަމަކޮށްލައިފައެވެ. އެގޮތުން ހަމަލާ ދޭންފެށި ދުވަހު ފަލަސްތީނުގެ 10 މީހަކު ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ރައްދުގައި ފަލަސްތީނުގެ ދެ ޖަމާއަތަކުން ވަނީ އިޒްރާއީލަށް ހަމަލާތަކެއް ދީފައެވެ.

މި ލިއުމާއި ގުޅޭ