Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ވަހީދު

ޤައުމުގެ ޙާލަތު މިހިސާބަށް ދިޔަ ގޮތާމެދު ފުންކޮށް ވިސްނަންޖެހޭ: ޑރ.ވަޙީދު

އެމަނިކުފާނު ތުއްޕުޅުއިރުގައި އެއްވެސް މިންވަރަކަށް ޤަތުލުގެ މައްސަލަތައް ނުހިނގާ މި ރާއްޖޭގެ ހާލަތު މިއަދު މިއޮތް ހިސާބަށް ވާސިލުވި ގޮތާމެދު ފުންކޮށް ވިސްނަންޖެހޭކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރައީސް ވަޙީދު މިފަދައިން ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގައި ފުވައްމުލަކަށް ނިސްބަތްވާ ޒުވާން އަންހެންކުއްޖެއް އަނިޔާވެރި ގޮތަކަށް ޤަތުލުކޮށްލި މައްސަލައާ ގުޅިގެންނެވެ. އެ އަންހެންމީހާގެ ކަނދުރާ ބުރިކޮށް ހަތަރެސްފައި ބުރިކޮށްފައިވާކަމަށް އެ ސަރަހައްދަށް ދިޔަ ފުލުހަކު "ދިޔަރެސް"އަށް މައުލޫމާތު ދީފައިވެއެވެ.

އެ މަރާ ގުޅިގެން ރޭ ފުލުހުންވަނީ ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ހައްޔަރުކުރީ ރާއްޖޭގެ މަޝްހޫރު ސްކޭޓަރު އަލީ ސާހިލްއެވެ. އަންހެންކުއްޖާގެ ހަށިގަނޑު ރޭ ގަލޮޅު މޯޗަރީއަށްވަނީ ގެންގޮސްފައެވެ.

މިކަމާ ގުޅިގެން ފޭސްބުކުގައި ޑރ.ވަޙީދު ލިޔުއްވާފައިވަނީ ރޭ ޒުވާން އަންހެނަކު މާލޭގައި ޤަތުލުކޮށްލުމުން އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ޚާއްޞަކޮށް އަ އަންހެންމީހާ މަރައިލި ގޮތުން ކޯފާވެ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންހެންމީހާއާއި އޭނާގެ އާއިލާއަށް ހެޔޮ ދުއާކުރައްވާ ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.

ޤައުމު މިވަގުތު އޮތީ ސިހުމުގެ ހާލަތެއްގައިކަން ފާހަގަކުރައްވައި ޑރ.ވަޙީދު ވިދާޅުވީ މިއީ ދިވެހިން ކުރިން ދަންނަ ރާއްޖެ ނޫން ކަމަށެވެ. އަދި އެމަނިކުފާނު ތުއްޕުޅުއިރު ޤަތުލުތައް ނެތް މި ރާއްޖެ މި ހިސާބަށް ދިއުމަށް މެދުވެރިވީ ކީއްވެކަން އެނގި ފަހުމުވާންޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

މިހައި ނުބައިކަން ބޮޑު ކަމަކަށް ވާސިލުކޮށްދެނީ ކޮންކަހަލަ އިިޖުތިމާއީ ހާލަތެއްކަމާއި، ކޮން ކަހަލަ ވިސްނުމެއްތޯ ރައީސް ވަޙީދު ސުވާލުކުރެއްވިއެވެ. އަދި އިންސާނީ ފުރާނައިގެ ކަރާމާތް އަލުން އިއާދަކުރާނީ ކިހިނެއްތޯވެސް ސުވާލުކުރެއްވިއެވެ.

އަދި މުޖުތަމައެއްގެ ގޮތުގައި ހުއްޓިލައި މިކަންކަމާމެދު ފުންކޮށް ވިސްނައި ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޑރ.ވަޙީދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ