ކުދިން ތަރުބިއްޔަތު ކުރުމުގައި ޚާއްސަކޮށް ކުދިންގެ ޓީނޭޖް އުމުރުފުރާ އަށް ދިޔައިމަ އެކުދިންގެ ރުޅި ކޮންޓްރޯލް ކުރާނެ ގޮތެއް ނޭނގިގެން ބެލެނިވެރިން ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ.
މިކަން ހައްލު ކުރެވިދާނެ ގޮތްތަކެއް (މޯޓިވޭޝަނަލް ސްޕީކާ) ކޯޗް ޝަހީނާ މިވަނީ ކުޑަކުދިން ގެންގުޅޭ މައިންނަށް ކިޔައިދެއްވައިފައެވެ. އެގޮތުން ޝަހީނާ އޭނާގެ ފޭސްބްކް ޕޭޖުގައި ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރަނީ (ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެމީހެއްގެ ޒިންމާ) ތިމާގެ ދަރިފުޅަކީ މުޖުތަމައުއަށް ބޭނުންހިފޭ، ﷲ ސުބުހާނަހޫ ވަތައާލާ އެންގެވި މަގުން ހިނގާ ސޯލިހް ދަރިއެއްގެ ގޮތުގައި އެކުޖާ ބޮޑު ކުރެވޭތޯ ކަމަށެވެ.
އެގޮތުން މިހާރު މިއޮތް މުޖުތަމައުގައި އެކަން ހާސިލް ކުރުމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭކަން ޝަހީނާ ފާހަގަ ކުރައްވައެވެ. ނަމަވެސް ކެއްތެރިކަމާއި ވިސްނުންތެރިކަމާއެކު މި ގޮންޖެހުންތަކާ ކުރިމަތިލައި ދަރިންނަކީ ބަސްއަހާ ހެޔޮލަފާ ކުދިންގެ ގޮތުގައި ތަރުބިއްޔަތު ކުރެވިދާނެ ކަމަށް ޝަހީނާ ވިދާޅުވިއެވެ.
އެގޮތުން ބެލެނިވެރިން އެކުދިންގެ ރުޅިކޮށްޓްރޯލްކޮށް އެކުދިން ބަސްއަހާ ކުއްޖަކަށް ވުމަށް އެދޭނަމަ ރަނގަޅު ކޮށްލަން ޖެހޭ ފަސްކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ:
މިހާރަކަށް އައިސް ދަރިން މައިންބަފައިން ބުނާގޮތަށް ނުހަދައި އެކުދިންގެ ރައްޓެހިން ބުނާގޮތަށް ހަދާވާހަކަ މި މުޖުތަމައުގައި ވަރަށް ގިނަ މީހުންގެ ފަރާތުން އަޑު އިވެއެވެ. ސަބަބެއް ކަމަށް ކޯޗް ޝަހީނާ ވެސް ފާހަގަ ކުރައްވަނީ އެއީ އެކުދިން ބެލެނިވެރިންނާ އޮންނަ ގުޅުން ހީނަރުވުމެވެ.
ރާއްޖޭގެ ސިސްޓަމް އޮންނަ ގޮތުން މަންމަ އާއި ބައްފަ ދިރިއުޅުމަށްޓަކައި ވަޒީފާ އަދާކުރަން މަޖުބޫރު ވެއެވެ. އޭގެ ސަބަބުން އެދިންނަށް ދޭންވާ ލޯއްބާއި އަޅާލުން ދޭން ހުންނަނީ ދުރު މީހެވެ. ބައެއް ކުދިން މާމަ ބަލަމުންދާއިރު އަނެއްބައި ކުދިން ބަލަމުންދަނީ ގެއަށް ގެންނަ ރާއްޖެއިން ބޭރު މީހެކެވެ. އެހެންކަމުން އެކުދިންގެ އިހްސާސްތައް ގިނަ ފަހަރު އެޒިންމާ ނަގައިގެން ތިބޭ މީހުންނަށް ނޭނގެއެވެ.
މައިންބަފައިން ގިނަފަހަރު ފެންނާނީ މަދު ފަހަރަކުއެވެ. އެވަގުތު މައިންބަފައިން މަސައްކަތް ކުރާ ތަނުގެ ސްޓެރެސް ވެސް ދަރިންނަށް ބާލާފަހަރު މަދެކޭ ނުބުނެވޭނެއެވެ. އޭގެ ސަބަބުން އެކުދިންނާ މައިންބަފައިންނާ އޮންނަ ގުޅުން ހީނަރުވެ ކިތައްމެ ބޮޑުކަމެއް ދިމާވިޔަސް އެކަން ހިއްސާ ކުރާ ބަޔަކަށް ރައްޓެހިންވެ، ގެއާ ދުރައް ދާން ކުއްޖާ މަސައްކަތް ފަށައެވެ.
އެގޮތަށް ބޭރުތެރެއަށް ނިކުމެ ގޯސް ރަހުމަތްތެރިން އިޚްތިޔާރު ކުރެވި އަޅުގަނޑުމެންނަށް މުޖުތަމައުއަށް ކުއްޖާ ދޫކޮށްލެވެނީ ބޭނުން ނުހިފޭ ކުއްޖެއްގެ ގޮތުގައެވެ. މިފަދަ ކަންކަމުން ސަލާމަތް ކުރުމަށް ކޯޗް ޝަހީނާ މިފާހަގަ ކުރެއްވި ކަންކަން ބެލެނިވެރިންގެ ފަރާތުން ފެންނަން ޖެހެއެވެ.