Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްޕީއާރުސީ ޚިޔާނާތް

އެކި ފަރާތްތަކަށް ބަހާފައިވަނީ ވިޔަފާރިވެރިން ދިން ފައިސާ: އޮއިއްޓޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަންގައިގެން އެކި ފަރާތްތަކަށް ބަހާފައިވަނީ ވިޔަފާރިވެރިން ދޭ ފައިސާ ކަމަށް މުހައްމަދު ހުސެއިން (އޮއިއްޓޭ) ބުނެފިއެވެ.

ވ.އާރަށުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގައި ދައުލަތުގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅި އޮއިއްޓޭ މިއަދު ޝަރީއަތުގެ މަޖިލީހުގައި ހެކި ބަސް ދެމުން ބުނެފައިވާ ގޮތުގައި އޭނާ އަދީބު އަންގައިގެން އެކި ފަރާތްތަކަށް ފައިސާ ގެންގޮސް ދީފައިވާނެ ކަމަށެވެ. އެ ފައިސާ ހޯދަނީ ކޮންތަނަކުންތޯ ސުވާލު ކުރުމުން އޮއިއްޓޭ ބުނެފައިވަނީ އެއީ ވިޔަފާރިވެރިން ދޭ ފައިސާ ކަމަށެވެ.

ދައުލަތުން ތަކުރާރުކޮށް ސުވާލުކުރުމުންވެސް އެ ފައިސާ އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުން ލިބުނު ފައިސާ ކަމެއް އޭނާ ނުބުނެއެވެ.

ޝަރީއަތުގައި ހެކިަބަސް ދެމުން އޮއިއްޓޭ ބުނެފައިވާ ގޮތުގައި އެ ފައިސާ އޭނާ ދެމުން ގެންދިޔައީ އަދީބު އަންގާ ފަރާތްތަކަށް ކަމަށެވެ. މިގޮތުން ބޭސް ފަރުވާއަށް އެކި މީހުން އެހީތެރިކަމަށް އެދުމުން އެކަމަށްވެސް ފައިސާ ދޭކަމަށާއި އެކި އެކި ސިޔާސީ ފަރާތްތަކަށްވެސް ފައިސާ ދޫކޮށްފައި ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށްވެސް 2013 ވަނަ އަހަރު 1 މިލިއަން ރުފިޔާ ދިން ކަމަށް އޮއިއްޓޭ ބުނެފައިވެއެވެ

މިއަދުގެ ޝަރީއަތަށް އޮއިއްޓޭ ހާޒިރު ކުރި ސަބަބެއް ސާފެއް ނޫނެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އާރަށުގެ މައްސަލައާއި ގުޅޭ އެއްވެސް ވާހަކައެއް އޮއިއްޓޭ ދައްކާފައިނުވެއެވެ.

މި ލިއުމާއި ގުޅޭ