Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ޝިޔާމް، ދުންޔާއަށް: ބިރުވެރި ޒަމާނެއްވާނަމަ އެޒިންމާ ނަންގަވަންޖެހޭ ބޭފުޅުން އެފަދަ ވާހަކަ ދެއްކެވުން ލަދުވެތި

ރައްޔިތުން ތަހައްމަލުކުރި އަދި ތަހައްމަލްކުރާ ބިރުވެރި ޒަމާނެއްވާނަމަ އެޒިންމާ އެންމެ ބޮޑަށް ނަންގަވަންޖެހޭ ބޭފުޅުން އެފަދަ ވާހަކަ ދެއްކެވުން ލަދުވެތި ކަމަށްވިދާޅުވެ ދުންޔާ މައުމޫނަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމުގެ ވެރިކަމަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރިކަމުގެ މޫސުމެއް ކަމަށް އެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މައުމޫން ވިދާޅުވުމާއި ގުޅިގެންނެވެ.

ދުންޔާ އާންމު ކުރެއްވި ވީޑިއޯ އެއްގައި ވިދާޅުވެފައިވަނީ އޭނާ ގަބޫލުކުރައްވާ ގޮތުގައި، ފާއިތުވި ދެ ސަރުކާރަކީ ވެސް ރައްޔިތުންގެ ކުރިމަތީ ފެއިލް ވެފައި އޮތް ސަރުކާރުތަކެއް ކަމަށެވެ. އަދި އެ ސަރުކާރުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.

"މިވަގުތު ތިހުންނެވި ޕާޓީ އަދި އެޕާޓީގެ ލީޑަރު ޕްރޮމޯޓު ކުރަން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމިންގެ ނަންފުޅަށް ތިއޮތީވެފައި"
ޝިޔާމް

އެކަމަށް ރައްދު ދެއްވައި ޝިޔާމް ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިވަގުތު ދުންޔާ ހުންނެވި އެންއެމްޕީ އަދި އެޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ޕްރޮމޯޓު ކުރަން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމިންގެ ނަންފުޅަށް ވެފައިވާ ކަމަށެވެ.

ދުންޔާގެ މިވާހަކަ ތަކަށް ރައްދީ ގިނަ ބަޔަކު ދަނީ ދުންޔާ އަށް ފާޑު ކިޔަމުންނެވެ. އެގޮތުން ދުންޔާގެ ބައްޕާފުޅުގެ ވެރިކަމުގައި ކުރެއްވި ގާނޫނާއި ޚިލާފު ކަންކަން ގިނަ ބަޔަކު އަންނަނީ ދުންޔާއަށް މި ވީޑިއޯ ގުޅިގެން ހަނދާން ކޮށްދެމުންނެވެ.

މި ލިއުމާއި ގުޅޭ