Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އިންޑިއާއިން 119 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ވިސްނާކަމުގެ ލިޔުމެއްގައި ރާއްޖެއާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 2،000 ހައުސިން ޔުނިޓު އެޅުމަށްޓަކައި އިންޑިއާއިން ދިވެހިރާއްޖެއަށް ބަޔާސް ކްރެޑިޓުގެ ގޮތުގައި 119 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވިސްނާކަމުގެ ލިޔުމެއް ކަމުގައިވާ ލެޓާ އޮފް އިންޓަންޝެންގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވަމުންގެންދަވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ދަތުރުފުޅަކީ މޯދީގެ ދައުވަތަކަށް ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ލިޔުމުގެ އިތުރަށްވެސް 5 އެމްއޯޔޫއެއްގައި ރާއްޖެއާއި އިންޑިއާގެ މެދުގައި މިއަދު ސޮއިކޮށްފައިވެއެވެ. އެގޮތުން ސޮއިކޮށްފައިވާ އެއް ލިޔުމަކީ، ލޯކަލް ކައުންސިލުތަކުގެ ކައުންސިލަރުންނާއި އަންހެނުންގެ ތެރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ލޯކަލް ގަވަމެންޓު އޮތޯރިޓީގެ މެންބަރުންގެ ޤާބިލުކަން އިތުރުކުރުމާ ގުޅޭ ގޮތުން ސޮއިކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުން ބަދަލުކުރުމުގައި ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގަތީ ރާއްޖޭގެ ޚާރިޖީވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލާއި އިންޑިއާއިން އެ ޤައުމުގެ ރޫރަލް ޑިވެލޮޕްމެންޓު މިނިސްޓަރު ގިރިރާޖް ސިންހުއެވެ.

އޭގެ އިތުރަށް ސައިބާ ސެކިއުރިޓީގެ ދާއިރާގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ޚަލީލު ސޮއިކުރެއްވިއިރު އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ރެއިލްވޭއާއި ޓެކްނޮލޮޖީއާ ބެހޭ ވުޒާރާގެ ވަޒީރެވެ. ހަމައެހެންމެ މަސްވެރިކަންކުރާނެ ސަރަހައްދުތައް ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގައި އިކޮނޮމިކް ޑިވެލޮޕްމެންޓު މިނިސްޓަރު ފައްޔާޒު އިސްމާއީލު ރާއްޖޭގެ ފަރާތުން ސޮއިކުރެއްވިއިރު އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ކަނޑުތަކާ ބެހޭ ވަޒީރު ޑރ.ޖިދޭންދުރަ ސިންހުއެވެ.

ދެން ސޮއިކޮށްފައިވަނީ ޑިޒާސްޓާ މެނޭޖުމެންޓުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫއެއްގައެވެ. އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ވަސީލަތްތައް ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަދި އިންޑިއާގެ ފަރާތުން އެގްޒިމް ބޭންކުގެ އެމްޑީ ހަރުޝާ ބަންގާޑީ ސޮއިކުރެއްވިއެވެ.

އެންމެ ފަހަށް ސޮއިކޮށްފައިވަނީ ހުޅުމާލޭގައި އިތުރު 2،000 ހައުސިން ޔުނިޓު އެޅުމަށް 119 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށް ވިސްނާކަން ބަޔާންކޮށް ބަދަލުކުރާ ސިޓީގައެވެ. މި ސިޓީގައި ރާއްޖެއިން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަމީރެވެ. އަދި އިންޑިއާގެ ފަރާތުން އެގްޒިމް ބޭންކުގެ އެމްޑީ ހަރްޝާ ސޮއިކުރެއްވިއެވެ.

މީގެ ކުރިންވެސް ހުޅުމާލޭގައި 4،000 ހައުސިން މަޝްރޫޢެއް ހިންގަން އިންޑިއާގެ އެގްޒިމް ބޭންކުންވަނީ ބަޔާޒް ކްރެޑިޓުގެ ދަށޫން 228 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރަށް ދޫކޮށްފައެވެ. ނަމަވެސް އަދިވެސް އެ މަޝްރޫޢުތައް ރަނގަޅަށް ފަށައިގެން ކުރިއަށްނުދާކަން ފާހަގަކުރެވެއެވެ.

މި ލިއުމާއި ގުޅޭ