Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރީކޯ މޫސާ

މޫސަގެ ރަހާ ރިސޯޓު ބުކިން ޑޮޓް ކޮމް އިން "ގެއްލިއްޖެ"

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކުގެ އާއިލީ ކުންފުނިން ހިންގާ ރަހާ ރިސޯޓު ބުކިން ޑޮޓް ކޮމް އިން ގެއްލިއްޖެއެވެ.

ބުކިން ޑޮޓްކޮމް އަކީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޓްރެވެލް އޭޖެންސީއެވެ. ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކާއި ހޮޓެލްތަކަށް ފަތުރުވެރިން އަންނަނީ އެ ވެބްސައިޓު މެދުވެރިކޮށް ހައްދާ ރިޒަވޭޝަންތަކުންނެވެ.

ދާދި ފަހަކާއި ޖެހެންދެންވެސް ރަހާ ރިސޯޓު އެ ވެބްސައިޓުން ފެންނަން ހުރެއެވެ. އެހެން ނަމަވެސް މިހާރު އެ ސައިޓުގައި ރަހާ ރިސޯޓު ފެންނާކަށް ނެތެވެ. "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ބުކިން ޑޮޓް ކޮމް އިން އެގޮތަށް ފެންނަން ނުހުންނާނީ ދެ ގޮތެއް މެދުވެރި ވެގެންނެވެ. އެއް ގޮތަކީ ރިސޯޓު ހިންގާ ފަރާތުން ބޭނުންވެގެން ސައިޓުން އެ ރިސޯޓެއް ނެގުމެވެ. އަނެއްގޮތަކީ ބުކިން ޑޮޓް ކޮމް އަށް ދައްކަން ޖެހޭ ކޮމިޝަން ނުދައްކައިގެން އެ ކުންފުނިން އެ ރިސޯޓު އެ ސައިޓުން ނެގުމެވެ.

ބުކިން ޑޮޓްކޮމް މެދުވެރިކޮށް ހައްދާ ބުކިންތަކަށް ރިސޯޓުން ކޮމިޝަނެއް ދޭން ޖެހޭނެއެވެ. ބެލެވޭ ގޮތުގައި ރަހާ ރިސޯޓު އެ ސައިޓުން ނެގި ކޮމިޝަން ނުދައްކައިގެންނެވެ.

ރަހާ ރިސޯޓުން އެކި ފަރާތްތަކަށް އެތައް މިލިއަން ރުފިޔާ ނުދައްކާ މިހާރުވެސް އެބައޮތެވެ. މިގޮތުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައިވެސް 43 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ. މީގެ އިތުރުން ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ވެސް 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަންޖެހެއެވެ. އެ ރިސޯޓުގެ މުވައްޒަފުންނަށްވެސް ބަރާބަރަށް މުސާރަ ނުދޭކަމަށް މައުލޫމާތު ލިބެއެވެ.

ރަހާ ރިސޯޓު ހިންގާ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ މޫސާ މަނިކާއި، އޭނާގެ ދަރިންނެވެ. މެނޭޖިން ޑިރެކްޓަރަކީ މުދުރިކަތު މޫސާއެވެ.

ރަހާ ރިސޯޓުގެ ހިއްސާދާރުން

  • 1. މޫސާ މަނިކު
  • 2. ބުޝައިނަތު މޫސާ
  • 3. މުދުރިކަތު މޫސާ
  • 4. މަރިޔަމް މާހިން މޫސާ
  • 5. އާމިނަތު މަލްސާ މޫސާ

ރަހާ ރިސޯޓަކީ 2019 ވަނަ އަހަރު ހުޅުވި ރިސޯޓެކެވެ. މި ރިސޯޓު ހުޅުވަން ވެގެން އުޅުނު ދުވަސްވަރުވެސް، މީރާއަށް ބަރާބަރަށް ފައިސާ ނުދައްކާތީ އޮޕަރޭޓިން ލައިސެންސް ދޭންވެގެން މީރާއިން ކްލިއަރެންސް ނުދެއެވެ. އެހެން ނަމަވެސް އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނުފޫޒާއި އެކު، މީރާ އަށް ޕްރެޝަރުކޮށްގެން ކްލިއަރެންސް ހޯދައި އޮޕަރޭޓިން ލައިސަން ދޫކޮށް އެ ރިސޯޓު ހުޅުވިއެވެ.

މި ލިއުމާއި ގުޅޭ