Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނާޒިމް ސައްތާރު

ނާޒިމް އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ އަޑުއެހުން ސިއްރުކޮށްފި

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރުގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ރަސްދޫ މެޖިސްޓްރޭޓް ކޯޓުން ސިއްރުކޮށްފި އެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރުކުރުމަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އިއްޔެ ނާޒިމް ހައްޔަރުކުރީ ވެލިގަނޑު ރިސޯޓުގައި ފިލައި ހުއްޓަ އެވެ. އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ އއ. ރަސްދޫއަށެވެ.
އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މިއަދު 15:00 އަށް ތާވަލުކޮށްފައި އޮތް އިރު، އަޑުއެހުން ކުރިއަށްގެންދަނީ ސިއްރު ކޮށްގެން ކަމަށް ބުނެ ރަސްދޫ ކޯޓުން ވަނީ ނޫސްވެރިން ވައްދަން ދެކޮޅު ހަދާފަ އެވެ.
ނާޒިމްގެ އަޑުއެހުން ސިއްރު ކޮށްފައިވާއިރު، އިއްޔެ އޭނާ ހައްޔަރުކޮށްގެން ރަސްދުއަށް ގެންދިއުމުގެ ކުރިން އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނަށް "ވީއައިޕީ ބޭފުޅަކު" ހައްޔަރު ކޮށްގެން ގެންދާކަމަށް މާލޭގައި ތިއްބެވި ފުލުހުންގެ އިސްވެރިން އެންގި ކަމަށް މައުލޫމާތު ލިބެ އެވެ.

އަދި ރިސޯޓުން އޭނާ ހައްޔަރުކޮށްގެން ރަސްދޫ އަށް ގެންދިޔަ ވަގުތު ފޮޓޯނަގަން އެރަށު މީހަކު މަސައްކަތް ކުރުމުން "އެންމެ ފޮޓޯއެއް ނެގިޔަސް ހައްޔަރުކޮށް ބިޑިއަޅުވާނެކަމަށް" ބުނެ ފުލުހުން އޭނާއަށް އިންޒާރުވެސް ދިނެވެ.

ނާޒިމް ހައްޔަރުކުރުން ކުށްވެރިކޮށް ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ކޮއްކޮގެ މައްޗަށް އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުކޮށް، ހައްޔަރުކުރީ ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ މީހުން ރުއްސަން ކަމަށް ބުނެ ޓުވީޓުކޮށްފަ އެވެ. އަދި ސިޔާސީ މަގްސަދެއްގައި އެކަން ކުރީ ޖިނާއީ އިޖުރާތުގެ ގާނޫނާވެސް ހިލާފަށް ކަމަށްވެސް ވިދާޅުވި އެވެ.
އެކަމަކު ތަހުގީގީ އިޖުރާއަތްތައް ހިންގަމުން ދަނީ މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގެ އަލީގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިދިޔަ ޖޫން މަހު އާންމުވި ވީޑިއޯއަކުން ފެންނަނީ ނާޒިމް ސައްތާރާއި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި މާލޭގެ ގެއެއްގައި އެއްޖިންސުން ގުޅުން ހިނގާ މަންޒަރެވެ. ވީޑިއޯއިން އެއީ ނާޒިމް ސައްތާރުކަން ވަރަށް ސާފުކޮށް ފެންނަ ނަމަވެސް އޭނާ އެކަން ދޮގުކުރެ އެވެ. އެކަމަކު ނާޒިމާއެކު ގުޅުން ހިންގުމަށް ގ.ކެނެރީގެއަށްވެސް އެއްފަހަރު ގޮސްފައިވާ ކަމަށް އަލަމްގިރި ވަނީ އެއްބަސްވެފަ އެވެ.
މި ލިއުމާއި ގުޅޭ