Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނާޒިމް ސައްތާރު

ލިވާތުކުރި މައްސަލައިގައި ނާޒިމްގެ ބަންދަށް 7 ދުވަސް ޖަހައިފި

އެއް ޖިންސުން ގުޅުންހިންގި މައްސަލައިގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް އަބްދުއްސައްތާރުގެ 7 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފިއެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި އިއްޔެ ނާޒިމް ހައްޔަރުކުރީ ވެލިގަނޑު ރިސޯޓުގައި ފިލައި ހުއްޓަ އެވެ.

އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ އއ. ރަސްދޫއަށެވެ. އެ މައްސަލައިގައި ރަސްދޫ ކޯޓަށް ނާޒިމް ހާޒިރު ކުރުމުން އެ ކޯޓުން މިއަދު ވަނީ އޭނާ 7 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ނާޒިމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ރަސްދޫ ކޯޓުގައި ބޭއްވި އަޑުއެހުން ނިމި ގިނައިރުތަކެއްވީއިރުވެސް ކޯޓުން ނުނިކުމެ ކޯޓުގައި އޭނާވަނީ މަޑުކޮށްފައެވެ.

ހައްޔަރުކުރަން އުޅޭކަން އެނގިގެން ނާޒިމް އިއްޔެ އެންމެ ފުރަތަމަ މާލެއިން ފިލައިގެން ދިޔައީ އޭނާގެ ބޮޑު ބޭބެ ކެރެފާ އަބްދުލްޖަލީލު (އަބުޖީ)ގެ ރިސޯޓެއް ކަމުގައިވާ މާޔާފުއްޓަށެވެ. އެ ރަށުގައި ހުރުމަށްފަހު ދެން ދިޔައީ ވެލިގަނޑު ރިސޯޓް އެންޑް ސްޕާއަށެވެ. ނާޒިމް ހުރިތަން ކަށަވަރުވެ، ރަސްދޫން ފުލުހުންގެ ޓީމެއް އެ ރިސޯޓަށް އަންނަން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު ނާޒިމް ވަނީ އޭނާ ހުރި ކޮޓަރި ދޫކޮށް އެ ރިސޯޓުގެ ގަސްގަނޑުގެ ތެރެއަށް ވަދެ ފިލަން މަސައްކަތް ކޮށްފަ އެވެ.

ނާޒިމް ހައްޔަރުކުރުން ކުށްވެރިކޮށް ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ކޮއްކޮގެ މައްޗަށް އެއްޖިންސުން ގުޅުންހިންގި ކަމަށް ތުހުމަތުކޮށް، ހައްޔަރުކުރީ ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ މީހުން ރުއްސަން ކަމަށް ބުނެ ޓުވީޓުކޮށްފަ އެވެ. އަދި އެކަން ކުރީ ޖިނާއީ އިޖުރާތުގެ ގާނޫނާވެސް ހިލާފަށް ކަމަށްވެސް ވިދާޅުވި އެވެ.

އެކަން ކުރީ ސިޔާސީ މަގުސަދެއްގައި ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ތަހުގީގީ އިޖުރާއަތްތައް ހިންގަމުން ދަނީ މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގެ އަލީގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިދިޔަ ޖޫން މަހު އާންމުވި ވީޑިއޯއަކުން ފެންނަނީ ނާޒިމް ސައްތާރާއި އަލަމްގިރި މާލޭގެ ގެއެއްގައި އެއްޖިންސުން ގުޅުން ހިނގާ މަންޒަރެވެ. ވީޑިއޯއިން އެއީ ނާޒިމް ސައްތާރުކަން ވަރަށް ސާފުކޮށް ފެންނަ ނަމަވެސް އޭނާ އެކަން ދޮގުކުރެ އެވެ. އެކަމަކު ނާޒިމާއެކު ގުޅުން ހިންގުމަށް ގ.ކެނެރީގެއަށްވެސް އެއްފަހަރު ގޮސްފައިވާ ކަމަށް އަލަމްގިރި ވަނީ އެއްބަސްވެފަ އެވެ.
މި ލިއުމާއި ގުޅޭ