Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފޭސްބުކް

އަންދާޒާކުރި ވަރަށްވުރެ ފޭސްބުކުގެ މައި ކުންފުނި މެޓަގެ އާމްދަނީ ދަށްވެއްޖެ

ފޭސްބުކާއި އިންސްޓަގުރާމުގެ ބަލަދުވެރި ކުންފުނި ކަމުގައިވާ މެޓަ ޕްލެޓްފޯމްސްއަށް ލިބުނު އާމްދަނީ އެއް ކުއާޓާއިން އަނެއް ކުއާޓާއަށް ފުރަތަމަ ފަހަރަށް ދަށްވެއްޖެއެވެ.

މެޓަ ކުންފުންޏަށް ނިމުނު ކުއާޓާގައި އާމްދަނީގެ ގޮތުގައި 28.9 ބިލިއަން ޑޮލަރު ލިބޭނެކަމަށް މުހައްލިލުން އަންދާޒާކުރެއްވި ނަމަވެސް އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 28.8 ބިލިއަން ޑޮލަރެވެ. އެ ކުންފުނީގެ ހިއްސާގެ އަގުވެސްވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އެ ކުންފުނީގެ ހިއްސާގެ އަގު %4 ދަށަށް ގޮސްފައިވެއެވެ.

އެ ކުންފުނީގެ މަންސަތަކުގައި އިޝްތިހާރުކުރާ ފަރާތްތަކުގެ އަތުން ލިބޭ އާމްދަނީ އިތުރުކުރަން ކުރަ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އެކި އިޤުތިޞާދީ ގޮންޖެހުންތަކާއެކު އިޝްތިހާރުކުރުމަށް ވިޔަފާރިތަކުން ކުރާ ހޭދަވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. އަދި އެޕަލް ކުންފުނިން އަލަށް ތަންފީޒުކުރަން ފެށި ޕްރައިވަސީ ޤަވާއިދުތަކުގެ ސަބަބުން ފޭސްބުކާއި އިންސްޓަގުރާމުގައި އިޝްތިހާރުކުރުމުގެ ޝައުޤުވެރިކަން އަންނަނީ ކުޑަވަމުންނެވެ.

ޓިކްޓޮކާ ވާދަކުރުމުގެ ގޮތުން އެ ކުންފުނީގެ މަންސަތައް ބޭނުންކުރާ މީހުންނަށް ކުރު ވީޑިއޯތަކެއް ރީލްސްގެ ނަމުގައި އެ ކުންފުނިން ތައާރަފުކޮށްފައިވާއިރު އަދި މި ބާވަތުގެ ވީޑިއޯތައް ބޭނުންކޮށްގެން އިޝްތިހާރުކުރުމާމެދު ގިނަ އިންވެސްޓަރުންގެ ޝައުޤު ކުޑައެވެ.

އެ ކުންފުނިން އިތުރަށް ބުނެފައިވަނީ ހިނގަމުންދާ ކުއާޓާގައި އެ ކުންފުންޏަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ އާމްދަނީއަކީ 26 ބިލިއަން ޑޮލަރާއި 28.5 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށެވެ. މުހައްލިލުން ކުރިން އަންދާޒާކުރެއްވި ގޮތުގައި އެ ކުންފުންޏަށް މި ކުއާޓާގައި 30.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ.

ނިމުނު ކުއާޓާގެ އާމްދަނީގެ ހިސާބުތައް ހާމަކުރުމުގެ ބައްދަލުވުމުގައި އިންވެސްޓަރުންނާ ވާހަކަދައްކަވަމުން މެޓަގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ އިޤުތިޞާދީ އަޑިއަޅައިލުމުގެ ސަބަބުން ޑިޖިޓަލް އިޝްތިހާރުކުރުމުގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަށާއި، ނިމުނު ކުއާޓާއަށްވުރެ ހިނގަމުންދާ ކުއާޓާގެ ހާލަތު ގޯސް ކަމަށެވެ.

އަދި މިހާރު ކޮންމެ ދުވަހަކު މެޓަގެ މަންސަތައް ބޭނުންކުރާ މީހުންގެ އަދަދަކީ މުހައްލިލުން ކުރިން އަންދާޒާކުރި 2.91 ބިލިއަން މީހުންނަށްވުރެ މަދުން 2.88 ބިލިއނަް މީހުންނެވެ.

މި ލިއުމާއި ގުޅޭ