Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑޮނޭޝިއާ

ދިވެހިންނަށް އިންޑޮނީޝިއާ އިން “އޮން އެރައިވަލް” ވިސާ ދޭން ނިންމައިފި

އިންޑޮނީޝިއާ އިން އޮން-އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކޮށްފި އެވެ.

ދިވެހިންގެ މެދުގައި ވިޔަފާރި އާއި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މަގުބޫލުވަމުން އަންނަ އިންޑޮނީޝިއާއިން އޮން އެރައިވަލް ވިސާ ލިބޭ ލިސްޓުގައި ރާއްޖޭގެ ނަން ހިމެނިކަން އިއުލާނު ކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

އިންޑޮނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދޭވީ ގުސްތީނާ ޓޯބިން މިދިޔަ މޭ މަހު ރާއްޖެއަށް ވަޑައިގެން، އޭނާގެ ސަފީރުކަމުގެ ލިޔުން ރައީސް ސޯލިހަށް އެރުވުމަށް ފަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ދިވެހިންނަށް އެ ގައުމުން ވިސާ ލިބޭނެ ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ފޮރިން މިނިސްޓަރު އްބަދުالله ޝާހިދު

ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ރެޓްނޯ މާސުޑީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ލިއުމާއި ގުޅޭ