Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

ޤައުމީ ސަލާމަތަށްޓަކައި ހާމަނުކުރެވޭ އެއްބަސްވުންތަކަކީ މިނިވަންކަމަށް ނުރައްކާތެރި އެއްބަސްވުންތަކެއް: ޓޮމް

ޤައުމީ ސަލާމަތަށްޓަކައި ހާމަނުކޮށް ސިއްރުކުރާ އެއްބަސްވުންތަކަކީ އޭގެ ޒާތުގައި ރާއްްޖޭގެ މިނިވަންކަމަށް ނުރައްކާތެރި އެއްބަސްވުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިފަދައިން ވިދާޅުވީ މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ފޭސްބުކްގައި މިއަދު ޝާއިއުކުރެއްވި ލިޔުއްވުމެއްގައެވެ. ޓޮމް މިފަދައިން ވިދާޅުވެފައިވަނީ ދިވެހި ސަރުކާރާއި އިންޑިއާއާ ދެމެދުގައި ހަދާފައިވާ އެއްބަސްވުންތަކަށް އިޝާރާތްކުރައްވައެވެ.

އޭނާގެ ލިޔުއްވުމުގައިވަނީ ސަރުކާރުން ހާމަކުރަން ދެކޮޅު ހަދާފައިވާ އެއްބަސްވުންތަކުގެ ލިސްޓެއް ހިމަނުއްވާފައެވެ. ސަރުކާރުން އިންޑިޔާއާއެކު ހަދަމުން އަންނަ އެއްބަސްވުންތަކުގެ ތެރެއިން އެއްވެސް އެއްބަސްވުމެއް ހާމަކުރަން ސަރުކާރުން މިހާތަނަށް އެއްބަސްވެފައިނުވެއެވެ.

ހާމަކުރަން ސަރުކާރުން

  • 1- އުތުރު ތިލަފަޅުގައި ހަދާ އަސްކަރީ ބަނދަރުގެ އެއްބަސްވުމާއި،
  • 2- ޑޯނިޔާ ފްލައިޓާއެކު ހަނިމާދޫގައި އިންޑިޔާ ސިފައިން ޤާއިމްވެ ތިބޭ އެއްބަސްވުމާއި،
  • 3- ދެ ހެލިކޮޕްޓަރާއެކު ލ.ކައްދޫގައި ޤާއިމްތިބޭ އިންޑިޔާ ސިފައިން ތިބޭ އެއްބަސްވުމާއި،
  • 4- ތިލަމާލެ ބްރިޖްގެ ވިޔަފާރި އެއްބަސްވުމުގެ ސައްޙަ އަގާއި، ދައުލަތުން ނަގާފައިވާ ލޯނު ނުދެއްކިއްޖެނަމަ އަމަލުކުރަން އޮންނަ މާއްދާގެ ތަފްސިލާއި، ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދާއި،
  • ​5- ރާއްޖޭގެ ކަނޑުއަޑީގެ ޗާޓް ކުރަހަން އިންޑިޔާއާއި ހަދާފައިވާ އެއްބަސްވުމާއި،
  • 6- އީއީޒެޑް ބެލުމަށް އިންޑިޔާގެ ރާޑަރުތައް ހަރުކުރުމުގެ އެއްބަސްވުމާއި،
  • 7- އައްޑޫގައި ހުންނަ އިންޑިޔާގެ ޕޮލިސް އެކަޑަމީގެ އެއްބަސްވުން،

މި އެއްބަސްވުންތަކުގެ ތެރެއިން ވަރަށް ގިނަ އެއްބަސްވުންތައް ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "ދިޔަރެސް"އިން އެދިފައިވާނެއެވެ. ނަމަވެސް ސަރުކާރުގެ ހުރިހާ ވުޒާރާއަކުންވެސް އެކި ބަހަނާތައް ދައްކައި އެ މައުލޫމާތުތައް ހާމަކުރަންވަނީ ދެކޮޅުހަދާފައެވެ.

ރާއްޖެއާއި އިންޑިއާ ދެމެދުގައި ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ރައްޔިތުންގެ މަޖިލީހަށް ގެނެސް ދިރާސާކުރުމަށް އިދިކޮޅުން ހުށަހެޅުމުން، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި އެ އެއްބަސްވުންތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދައްކާފައިވީ ނަމަވެސް އެއްބަސްވުންތައް ދިރާސާކުރުމުގެ ފުރުސަތު މެންބަރުންނަށް ދީފައިނުވެއެވެ.

މި އެއްބަސްވުންތައް ސިއްރުކުރާ ސަބަބެއްގެ ގޮތުގައި ސަރުކާރުން މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ އެއްބަސްވުންތައް ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވުމުގެ އިހުތިމާލު އޮތުމެވެ.

އެކަމަށް އިޝާރާތްކުރައްވައި ޓޮމް ވިދާޅުވީ މި އެއްބަސްވުން ތަކަކީ ޤައުމީ ސަލާމަތައްޓަކައި ރައްޔިތުންނަށް ހާމަ ކުރުން މަނާ އެއްބަސްވުން ތަކަކަށް ވާނަމަ އޭގެ ޒާތުން މި އެއްބަސްވުން ތަކަކީ ޤައުމީ ސަލާމަތަށް، ދިވެހިރާއްޖޭގެ ސިޔާދަތައް، މިނިވަންކަމަށް ނުރައްކާތެރި އެއްބަސްވުން ތަކެއްކަން ޔަޤީން ކަމަށެވެ.

މި ލިއުމާއި ގުޅޭ