Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

މިނިވަންދުވަހުގައި ރައީސް ޔާމީނުގެ ދުއާ: ޚާއިނުން ބަލިކުރައްވާށި!

މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 57 ވަނަ މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޚިޔާނާތްތެރިން ބަލިކުރެއްވުން އެދިވެވަޑައިގެން އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ދުއާކުރައްވައިފިއެވެ.

ރައީސް ޔާމީނުގެ ވެރިކަން 2018 ވަނަ އަހަރުގައި ބަދަލުވުމާއެކު އެމަނިކުފާނާ ދެކޮޅަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެށި ތަހުގީގުތަކާއި ކުރި ދައުވާތަކުގެ ތެރެއިން އެމަނިކުފާނުގެ މައްޗަށް 2019 ވަނަ އަހަރުގައި 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، އެހުކުމް ފާއިތުވި އަހަރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވަނީ ބާތިލުކޮށްފައެވެ.

2 އަހަރެއްހައި ދުވަސް ބަންދުގައި ހޭދަކުރެއްވުމަށްފަހު މިނިވަންވެވަޑައިގަތުމާއެކު ރައީސް ޔާމީންވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވައިލާ "އިންޑިއާ އައުޓް" ހަރަކާތް ވަރަށް ބޮޑަށް ފުޅާކުރައްވާފައެވެ.

އެއާއެކު ސަރުކާރުންވަނީ އިންޑިއާގެ ސިޔާސަތަށް ފާޑުކިޔައި ރާއްޖޭގައި ޤާއިމުވެފައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލުން މަނާކޮށްފައެވެ. އެގޮތުން އޭޕްރީލް މަހުގައި ރައީސް ޞާލިޙުވަނީ އިންޑިއާއަށް ފާޑުކިޔުން ހުއްޓުވަން ރިޔާސީ ޤަރާރެއް ނެރުއްވާފައެވެ. އަދި އިންޑިއާއަށް ފާޑުކިޔުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުންވަނީ ބިލެއް ޑުރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ރާއްޖޭގެ މިނިވަންކަން ވަރަށް ބޮޑަށް ހީނަރުވެފައިވާކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ. މިއަދު ކުރެއްވި ޓުވީޓުގައި ރައީސް ޔާމީން ދުއާކުރައްވާފައިވަނީ ރާއްޖޭ މިނިވަންކަންމަތީ އަބަދަށްމެ ލެހެއްޓެވުމަށާއި، ޚާއިނުން ބަލިކުރެއްވުމަށާއި ޤައުމާ އުފާ ފާގަތިކަން މިންވަރުކުރެއްވުމަށެވެ.

މި ލިއުމާއި ގުޅޭ