Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މިނިވަންދުވަހުގެ ޖާފަތް!

2015 ވަނަ އަހަރު މިނިވަން ދުވަހު މުޅި ރާއްޖޭގައި ދެކެވުނީ މިނިވަން ދުވަހު ނިއުޕޯރޓް އިން ހެދި ޖާފަތް ސަކަރާތް ވެގެން އެވާހަކައެވެ. އޭރުގެ އިދިކޮޅުގައި އޮތް MDP އިން ބުނަމުން ދިޔައީ އެއީ ވައްކަމެއް ކަމަށެވެ. އެހެން އަޑު ހަރުކޮށް ބުނަމުން ދަނިކޮށް 2016، 2017، 2018 މިނިވަން ދުވަހު ގެ ކޭޓަރިންގް ވެސް ލިބުނީ ނިއުޕޯރޓަށެވެ.

އެހިސާބުން އަހަރެމެން ވެސް ތިބީ މިއީ ހާދަ ބޮޑު ވައްކަމެކޭ ހިތަށް އަރުވާލައިގެންނެވެ. އެގޮތަށް އެކަން ޤަބޫލުކޮށްގެންނެވެ. ނަމަވެސް އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން އެނގުނީ މިސަރުކާރު ވެރިކަމަށް އައިސްގެން އެންމެ ފުރަތަމަ ކޭޓަރިންގެ މަސައްކަތެއް ދިން ބަޔަކަށް ނިއުޕޯރޓް ވުމުންނެވެ. އަދި މި ސަރުކާރަށް 4 އަހަރުވާން ދާއިރުވެސް އޭރުގައި ބުނަމުން ދިޔަ ވައްކަމުގެ ކުޑަ މިންވަރެއް ވެސް ސާބިތުކޮށް ދެވިފައި ނުވުމަކީ އަދި އެ ތުހުމަތުތަކުގެ ދޮގުކަމުގެ އަލިގަދަ ސާފު ހެއްކެވެ.


އިންސާފުވެރިވުމަށާއި އަނިޔާވެރިނުވެ، ވައްކަންނުކުރާނެ ކަމަށް ވައުދުވެ ދޮގު ހަދައިގެން ވެރިކަމަށް އައިސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަވެސް ބަޔަކު ބޮޑު ހަރަދެއް އަމިއްލައަށް ކޮއްގެން ތަރައްގީ ކޮއްފައި އޮތް ރާޅުގަނޑު ސަރަހައްދު އެމީހުން އަތުން ފޭރިގަތީއެވެ. އަދި ނިއުޕޯރޓް ކުންފުނިން ކޮއްފަވާ އެކި މަސައްކަތްތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާވެސް ނުދިނީއެވެ.

އިންސާފު ޤާއިމުނުކުރެވި އަނިޔާވެރިވުން އިތުރުވެފައިވާއިރު މިއަދު މުޅި ދައުލަތް މިއޮތީ އެއް ޖިންސުން ގުޅުންހިންގުމުގެ މުޑުދާރު އަމަލު ނުފެންނަ ކަމަށް ހަދައިގެންނެވެ. ވައްކަން އިންތިހާއަށް އިތުރުވެއްޖެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ޤާނޫނުތައް މެދުވެރިކޮށް ތަހުގީގީ ނޫސްވެރިކަން ކަފުންވެސް ނުކޮށް ވަޅުލައިފިއެވެ.

މިހުރިހާ ކަމެއް މިހެން އޮތް އިރު ރައީސް އަދި ރައީސް ގެ އަނބިކަނބަލުން އަދި ދައުލަތުގެ އެކި ވެރިން ހަމަ އެއްވެސް ލަނދެއް ނެތި ދަނީ ނިއުޕޯރޓް އިން އަމިއްލަ ހަރަދުގައި ހަދާފައި އޮތް ތަނެއްގައި އެކި ފަހަރު މަތިން އެކި އިވެންޓް ބާވަމުންނެވެ. އަދި ވަރަށް ރީއްޗަށް ހިނިފުޅުވަޑުމުން އެތަނަށް ވަދެވަޑައިގެން ތިއްބަވައެވެ. މި މަހު 29 އިން އޮގަސްޓް 7 ގަ ވެސް އިވެންޓް އެއް ބޭވުމަށް ތައްޔާރު ވަމުން އެބަދެއެވެ. ރައީސްގެ ބޭފުޅުން ގަޔާވާ ކުޅިވަރެއް ކަމުގައި ރާޅާ އެޅުމުގެ އިވެންޓަކަށް ވާތީ އެތަނަށް މެޑަމް ފަޒުނާ އަދި ރައީސް ޞާލިޙު ވަޑަައިގަންނަވާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ލަދުގެ ކަންފުޅެއްވެސް ނެތީވިއްޔާ ވަޑައިގަންނަވަންވީތާއެވެ.

މި ލިއުމާއި ގުޅޭ