Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓީއެމްއޭ

ޓީއެމްއޭ ވިއްކާލަން އިއުލާނުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓީއެމްއޭ ވިއްކާލުމުގެ މަސައްކަތް ފަށައިފިއެވެ.

ދުނިޔޭގެ މަޝްހޫރު އެއް ނިއުސް އެޖެންސީން، ބްލޫމްބާގްގައި ބުނެފައިވަނީ ޓީއެމްއޭ 700 މިލިއަން ޑޮލަރަށް ވިއްކާލަން އެމެރިކާގެ ކުންފުނި، އަދި ޓީއެމްއޭގެ އަޣުލަބިއްޔަތު ހިއްސާދާރު ކާލައިލް އިން އިންވެސްޓަރުން ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

ކާލައިލްގެ އިތުރުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާދާރުންގެ ތެރޭގައި ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑޭވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓް ކުންފުނިވެސް ހިމެނޭއިރު އެ ކުންފުނިތަކާ އެކު ޓީއެމްއޭ ވިއްކާލުމުގެ ފުރަތަމަ މަރުހަލާގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް ހަބަރުތައް ވަނީ ފެތުރިފައެވެ.

ޓީއެމްއޭގެ ސީޕްލޭން ފްލީޓުގައި މި ވަގުތު 56 ބޯޓު ހިމެނޭއިރު އެ ކުންފުނިން ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ވެސް އެ ހިދުމަތްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ 80 ރިސޯޓަކަށް ޓީއެމްއޭއިން މިހާރުވެސް ދަތުރުތައް ކުރެއެވެ.

މި ލިއުމާއި ގުޅޭ