Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

ޗައިނާއިން އަލަށް އުފެއްދި ޕަސެންޖަރ އެއާކްރާފްޓްގެ ޓެސްޓް މަރުހަލާ ނިންމާލައިފި

ޗައިނާއިން ފުރަތަމަ ފަހަރަށް އުފެއްދި ޕަސެންޖަރ އެއާކްރާޕްޓްގެ ޓެސްޓް މަރުހަލާތައް ނިންމާ އޯޑަރު ދީފައިވާ ފަރާތްތަކަށް މިއަހަރުގެ އޮގަސްޓްމަހު އެއާކްރާފްޓްތައް ފޯރުކޮށްދެވޭވަރު ވާނެކަމަށް އެގައުމުން ބުނެފިއެވެ.

ޕަސެންޖަރ އެއާކްރާފްޓްތައް އުފެއްދުމަށް ދުނިޔޭގައި އެންމެ މަޝްހޫރު ބޮއިން އަދި އެއަރބަސް ކުންފުންޏާއި ވާދަކުރުމަށްޓަކައި ޗައިނާއިން ފަށާފައިވާ ސީ-919 ޕްރޮގްރާމްއަކީ ޗައިނާ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ކޮމާޝަލް އެއާކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ (ކޮމެކް) 2008 ގައި އިފްތިތާހްކުރި ޕްރޮގްރާމެކެވެ.

އެ ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއާކްރާފްޓްގެ ޓެސްޓް މަރުހަލާތައް ދިޔައީ ވަރަށް ކާމިޔާބުކަމާއިއެކުގައި ކަމަށާއި އަދި ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ލިބެންޖެހޭ ސެޓްފިކޭޝަން ދާދި އަވަހަށް ލިބޭނެކަމަށެވެ.

ކޮމެކް ކުންފުނީގެ މިކާމިޔާބީއާއިއެކު ޗައިނާއިން ޕަސެންޖަރ އެއާކްރާފްޓްގެ ދުނިޔޭގެ މާކެޓަށް ވަނުމަށް ހިފާފައިވާ އަމާޒު އެހެން ހަރުފަތަކަށް ދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ޗައިނާ އީސްޓަން އެއާލައިންސްއިން ވަނީ ސީ-919 މަރުކާގެ 05 އެއާކްރާފްޓަށް ފާއިތުވި އަހަރުގެ މާޗް މަހުގައި އޯޑަރު ދީފައެވެ. ކޮމެކް ކުންފުނިން ހާމަކުރި ގޮތުގައި މިއަހަރުގެ އޮގަސްޓްމަސް ނިމުމުގެ ކުރިން ފުރަތަމަ އެއާކްރާފްޓް އެ އެއާލައިންސްއާ ހަވާލުކުރާނެއެވެ.

ކޮމެކް ކުންފުނިން ސީ-919 ގެ ގިނަ ބައިތައް އުފައްދާ އެސެންބަލް ކުރި ނަމަވެސް އެ އެއާކްރާފްޓްގެ އިންޖީނާއި އަދި އޭވިއޯނިކްސްގެ ބައެއް ބައިތައް ހޯދަނީ ހުޅަނގުގެ ކުންފުނިތައް މެދުވެރިކޮށެވެ.

މި ލިއުމާއި ގުޅޭ