Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ރާއްޖެއަށް މަންކީޕޮކްސް އައުމުގެ ފުރުސަތު އެބައޮތް: އެޗްޕީއޭ

ދިވެހިރާއްޖެއަށްވެސް މަންކީޕޮކްސް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

‏ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް އައުޓްބްރޭކަކީ ޢާންމު ޞިއްޙަތަށް އޮތް ނުރައްކަލެއް ކަމުގައި ނުވަތަ ޕަބްލިކް ހެލްތް އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރން (ޕީއެޗްއީއައިސީ) އެއް ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅުމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބަލި ފެތުރޭ ގޮތަށް ބަލާއިރު ދިވެހިރާއްޖެއަށްވެސް ބަލި އައުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

އެހެން ނަމަވެސް ބަލި ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ބޮޑަށް ގައިގޯޅިކޮށް އުޅޭ މީހުންގެ މެދުގައި ކަމުން ކޮވިޑު-19 އާއި ހިލާފަށް ބަލި ފެތުރޭ މިންވަރު ތަފާތުވާނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މި ބަލި ބޮޑަށް ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައެވެ. އެހެން ނަމަވެސް އެ ނޫން މީހުންނަށްވެސް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްޕީއޭ އިން ވަނީ ބަލީގެ އަލާމާތްތައްވެސް ބަޔާނުގައި ހިމަނާފައެވެ. އަދި އަލާމާތްތައް ފެންނަ ފަރާތްތަކުން ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މަންކީޕޮކްސް ރާއްޖެއަށް އައިސްދާނެކަމަށް އެޗްޕީއޭ އިން ބުނެފައިވާއިރު ގިނައަދަދަކަށް ދިވެހި ފިރިހެނުން ބަންގްލަދޭޝް މީހަކާއި އެކު އެއްޖިންސުން ގުޅުންހިންގަމުން ދިޔަކަން މިހާރު ވަނީ ފަޅާއަރާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ފުލުހުންވެސް ހިމެނެއެވެ.

މި ލިއުމާއި ގުޅޭ