Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިޔަރެސް ނޫސް

"ދިޔަރެސް"ގެ ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކުރުމުން އެމްނެސްޓީން ކަންބޮޑުވުން ފާޅުކޮށްފި

"ދިޔަރެސް"ގެ އެއް މުއައްސިސް އަދި ޗީފް އެޑިޓަރު އަޙްމަދު އަޒާންގެ މައްޗަށް ދޮގު ތުހުމަތުތަކެއް ފުލުހަށް ހާޒިރުކުރުމުން އެމްނެސްޓީ އިންޓަނޭޝަނަލްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްނެސްޓީ އިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ފުލުހުން އަޒާންއަށް ބިރުދައްކަމުންދާތީ އެކަމާއި ގުޅިގެން ކަންބޮޑުވުންފާޅުކުރާ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރުމަށާއި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ފާއިތުވި ބުރާސްފަތި ދުވަހު އަޒާން ފުލުހަށް ހާޒިރުކޮށްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑާޓާބޭސްގައި ހުރި އުނިކަމެއްގެ ސަބަބުން އެ ޑާޓާބޭސްއިން ބޭނުން ކޮންމެ މީހަކަށް، މީހުންގެ ޒާތީ ޞިއްޙީ މައުލޫމާތު ބެލޭކަން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ފުލުހުން އަޒާނަށް ތުހުމަތުކޮށްފައިވަނީ އެ ޑޭޓާބޭސްގައި ހުރި ދައުލަތުގެ ވެރިންގެ މައުލޫމާތުތަކެއް ނަގައި އެ މައުލޫމާތު ލީކުކޮށްލި ކަމަށެވެ. ނަމަވެސް އަޒާން އެއިން އެއްވެސް މައުލޫމާތު ނަގައި ލީކުކޮށްފައި ނުވާނެއެވެ.

އެ މައްސަލަ އެނގިގެން "ދިޔަރެސް"އާ އެ މައުލޫމާތު ހިއްސާކުރީ އައިޓީ ދާއިރާގެ ތަޖުރިބާކާރެކެވެ. އެއިރު ވެބްސައިޓުގައި ހުރި މައްސަލައެއްގެ ސަބަބުން އެ ހޮސްޕިޓަލަށް ފާއިތުވި ދެ އަހަރު ދެއްކި ކޮންމެ މީހަކު، އެ ހޮސްޕިޓަލުން ހަދާފައިވާ ޓެސްޓުތަކާއި ނަގާފައިވާ ބޭސްތަކާއި ލެބު ރިޕޯޓުތައް ފަދަ އެންމެހައި މައުލޫމާތު ބަލައިލެވެއެވެ.
އެ މައްސަލަ ފާހަގަކުރެވުމާއެކު "ދިޔަރެސް"ގެ ފަރާތުންވަނީ އެކަން އައިޖީއެމްއެޗްއަށް އެކަން އަންގާފައެވެ. އަދި އެ މައްސަލައާ ގުޅޭ ޚަބަރު "ދިޔަރެސް"އިން ޝާއިއުކޮށްފައިވަނީ އެ މައްސަލަ ކަމާ ގުޅޭ ހުރިހާ އިދާރާތަކެއްގެ ސަމާލުކަމަށް ގެނައުމަށްފަހުއެވެ.

އަދި "ދިޔަރެސް"ގެ ޚަބަރުގައި އެ މައްސަލައަކީ ކޮބައިކަމާއި މައްސަލަ ބޭނުންކޮށްގެން މީހުންގެ މައުލޫމާތު ދެނެގަންނާނެ ގޮތްތައް ހިމަނާފައިނުވެއެވެ.

އަޒާން ފުލުހަށް ހާޒިރުކޮށްފައިވަނީ މަސްދަރު ހާމަކުރުން ނޫސްވެރިންނަށް ލާޒިމުކުރާ ގޮތަށް މާއްދާތަކެއް ހިމަނައިގެން ފާސްކުރި ހެއްކާ ބެހޭ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރެއްވިތާ 24 ގަޑިއިރުނުވަނީހެވެ.

ފުލުހުންގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި ޙަޤީޤަތުގައި އަޒާން ފުލުހަށް ހާޒިރުކުރުމުގެ ބޭނުމަކީ ސަރުކާރަށް ފާޑުކިޔައި، ސަރުކާރުގެ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ފެންމަތިކޮށް، ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ފާރަވެރިވާ ނޫސްވެރިންނަށް ބިރުދެއްކުމެވެ.

މި ލިއުމާއި ގުޅޭ