Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

މޫސުމީ ބަދަލުތަކާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ އީޖާދީ ވިސްނުންތަކަށް އެމެރިކާގެ ހިލޭ އެހީ

މޫސުމީ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި އިޖާދީ، ޚިޔާލު ހުށަހަޅައިގެން ހިލޭ އެހީ ހޯދުމުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް އައިޑް (ޔޫއެސްއެއިޑް)އިން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޔޫއެސްއެއިޑުން ކުރިއަށްގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުންނެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް އީޖާދީ ހައްލުތައް ހޯދަން އަމާޒުކޮށް ކޮންސެޕްޓު ޕޭޕަރު ތައްޔާރުކޮށް ހުށަހެޅުމުގެ ފުރުސަތު އޯގަސްޓު މަހުގެ ނިޔަލަށް އެ އެޖެންސީއިން ވަނީ ހުޅުވާލާފައެވެ.

މިކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ގިނަވެގެން ފަސް ފަރާތަކަށް، ކޮންމެ ފަރާތަކަށް 50،000 - 200،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް ގްރާންޓު ދޭގޮތަށް ޔޫއެސްއެއިޑުން ނިންމާފައިވެއެވެ.

މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އީޖާދީ އާ ހައްލުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ހުޅުވާލާފައިވާ ފުރުސަތެކެވެ.

އޭގެ ތެރޭގައި، ޓެކްނޮލޮޖީ އާއި ހިދުމަތް ފޯރުކޮށްދީ ލިބިދިނުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރެވިދާނެ އާ ގޮތްތަކުގެ އިތުރުން މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމުގެ ފުރުސަތު ވެސް ހިމެނެއެވެ.

ހުށަހެޅިދާނެ އީޖާދީ ހިޔާލުތަކުގެ ތެރޭގައި "ކެޓަލިޓިކް ސީޑް ފަންޑިން" މެދުވެރިކޮށް އިންވެސްޓްމަންޓް އިތުރުކުރުމުގެ ފުރުސަތު ފަހިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ނާޒުކު ސަރަހައްދުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް އެޑަޕްޓޭޝަން ޕްރޮޖެކްޓުތައް ހިންގުމުގެ އިތުރުން މޫސުމީ ހިރާސްތަކާ ބެހޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމާއި ފޯރުކޮށްދިނު ހިމެނެއެވެ.

މި ހިޔާލުތައް ހުށަހެޅުމުގައި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ކޮންސެޕްޓު ހުށަހެޅުމަށް ޔޫއެސްއެއިޑުން ބާރު އަޅައެވެ.

ނަމަވެސް ބައިނަލްއަގުވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ހަރަކާތްތެރިންނާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްތަކަށްވެސް ކޮންސެޕްޓު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރެވެއެވެ.

މި ލިއުމާއި ގުޅޭ