ރާއްޖޭގައި އިންސާފު ގާއިމް ކުރާނަމަ މިއަދު ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ފުލުހުންނަށް ފެންނަންވާނީ ނާޒިމް ސައްތާރު އާއި މަޖިލިސް މެންބަރު އަދުން ޙުސޭން، އަދި ނޫސްވެރިޔާ ނަސީރުމެންފަދަ އެއްޖިންސުން ގުޅުންހިންގި ކަމަށް ބެލެވޭ މީހުންގެ މައްސަލަތައް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.
"ދިޔަރެސް" ނޫހުން ގެނެސްދިން ޚަބަރަކާއި ގުޅިގެން ދިރަޔެސް ނޫހުގެ ނޫސްވެރިޔާ، އަޙްމަދު އަޒާން މަރުޒޫޤް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވަނީ އެފަދަ ކަންކަން ބޮޑުކުށަކަށް ނުވޭތޯ ސުވާލު ކުރައްވައިފައެވެ. އަދި މި ސަރުކާރުގެ ވެރިންގެ ކިބައިގައި ލަދުގެ ކަންފުޅެއްވެސް ނެތީތޯ ޑރ. ޖަމީލް ވަނީ ސުވާލު ކުރައްވައިފައެވެ.
މިޓްވީޓުގައި ޑރ. ޖަމީލް ވިދާޅުވީ ދިރަޔެސް ނޫހުގެ ނޫސްވެރިޔާ، އަޙްމަދު އަޒާން މަރުޒޫޤް ކުށަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ސަރުކާރަށް ސަނާ ނުކިއުން ކަމަށެވެ.
އިންސާފު ގާއިމް ކުރާނަމަ މިއަދު ރައީސް ސޯލިހް އާއި ފުލުހުން ފެންނަންވާނީ ނާޒިމް ސައްތާރު، އަދުން ޙުސޭން އާއި ނޫސްވެރިޔާ ނަސީރުމެންގެ މައްސަލަތައްކަމަށެވެ. އެފަދަ ކަންކަން ބޮޑުކުށަކަށް ނުވޭތޯ ޑރ. ޖަމީލް ވަނީ ސުވާލު ކުރައްވައިފައެވެ. އަދި މި ސަރުކާރުގެ ވެރިންގެ ކިބައިގައި ލަދުގެ ކަންފުޅެއްވެސް ނެތީ ތޯ ޑރ. ޖަމީލް ވަނީ ސުވާލު ކުރައްވައިފައެވެ.
އަޒާން ފުލުހަށް ހާޒިރުކުރީ އައިޖީއެމްއެޗްގެ ޑާޓާ ބޭސްއިން ބޭނުން މީހަކަށް ފަސޭހަކަމާއެކު ބޭނުން މީހެއްގެ މައުލޫމާތު ބެލޭކަން ފާހަގަކުރެވި އެ މައްސަލަ ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗްގެ ސަމާލުކަމަށް ގެނައުމަށްފަހު "ދިޔަރެސް"ގައި ރިޕޯޓުކުރި މައްސަލައިގެ ތަހުގީގަށެވެ.
އެ މައްސަލަ ފާހަގަކުރެވުމާއެކު "ދިޔަރެސް"ގެ ފަރާތުންވަނީ އެކަން އައިޖީއެމްއެޗްއަށް އެކަން އަންގާފައެވެ. އަދި އެ މައްސަލައާ ގުޅޭ ޚަބަރު "ދިޔަރެސް"އިން ޝާއިއުކޮށްފައިވަނީ އެ މައްސަލަ ކަމާ ގުޅޭ ހުރިހާ އިދާރާތަކެއްގެ ސަމާލުކަމަށް ގެނައުމަށްފަހުއެވެ. އަދި "ދިޔަރެސް"ގެ ޚަބަރުގައި އެ މައްސަލައަކީ ކޮބައިކަމާއި މައްސަލަ ބޭނުންކޮށްގެން މީހުންގެ މައުލޫމާތު ދެނެގަންނާނެ ގޮތްތައް ހިމަނާފައިނުވެއެވެ.
މި މައްސަލައާ ގުޅިގެން މިއަދު އަޒާން ފުލުހަށް ހާޒިރުކޮށްފައިވާއިރު އެ ސަރަހައްދަށް ގިނަ އަދަދެއްގެ ނޫސްވެރިން އެއްވެ، މިނިވަން ނޫސްވެރިކަމަށް ހުރަސް ނޭޅުމަށާއި، މަސްދަރު ހާމަކުރުން ލާޒިމުކޮށް ފާސްކޮށްފައިވާ ހެއްކާ ބެހޭ ޤާނޫނުގެ މާއްދާ ބާތިލުކުރަންވަނީ ގޮވާލާފައެވެ.