Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ

ސިންގަޕޯ އެއާލައިންސްއާ ގުޅިގެން އެމެރިކާގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރަން ކެމްޕޭނެއް ފަށައިފި

ސިންގަޕޯ އެއާލައިންސްއާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)އިން އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރަން ޚާއްޞަ ކެމްޕޭނެއް ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ކެމްޕޭން ހިންގާނީ ހިނގަމުންދާ ޖުލައި މަހާއި އަންނަ އޯގަސްޓު މަހުގައެވެ.

އެމްއެމްޕީއާރުސީއާއި ސިންގަޕޯ އެއާލައިންސް ގުޅިގެން ހިންގާ މި ކެމްޕޭނު އަމާޒުކޮށްފައިވަނީ އެމެރިކާގެ ފަތުރުވެރިން ދަތުރުކުރާނެ މަންޒިލެއް ކަނޑައެޅުމަށް ދިރާސާކުރާ މަރުހަލާއާއި، ބުކިން ހައްދާ މަރުހަލާގައި ރާއްޖެ އިޝްތިހާރުކުރުމަށެވެ. އަދި ސިންގަޕޯ އެއާލައިންގެ ޚިދުމަތްތަކާއި ފަސޭހަތަކާއި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއަށް ދަތުރުކުރުމަށް މި ކެމްޕޭނުގައި ހިތްވަރުދޭނެއެވެ.

މި ކެމްޕޭނުގެ މަރުހަލާގައި އޮންލައިންކޮށް ޓިކެޓު ގަތުމަށް ބޭނުންކުރާ މަޤުބޫލު މަންސަތައް ކަމުގައިވާ އެކްސްޕީޑިއާއާއި ސްކައިސްކޭނާ އަދި ސޯޝަލް މީޑިއާ މަންސަ ޕިންޓެރެސްޓުގައި މަންޒިލެއްގެ ގޮތުގައި ރާއްޖެ ފެންނަ މިންވަރު އިތުކުރާނައެވެ. އެ މަންސަތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ޖަހައި، އެ އިޝްތިހާރުތައް މެދުވެރިކޮށް ސިންގަޕޯ އެއާލައިންސް މެދުވެރިކޮށް ރާއްޖެއަށް އައުމަށް ބުކިން ހަދަން ރިޑައިރެކްޓުކުރާނެއެވެ.

މި ކެމްޕޭނަކީ އެމެރިކާގެ މާކެޓުގައި މަތީ ފަންތީގެ ވިއުގަތައް ބޭނުންކޮށްގެން ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީން ހިންގާ ކެމްޕޭނުގެ ބައެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ކެމްޕޭނުގެ ބޭނުމަކީ ވަކިވަކި އުފެއްދުންތަކާއި ދިވެހި ފަތުރުވެރިކަމުގެ ތަޖުރިބާތައް އެމެރިކާގައި ބާޒާރުކުރުމެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ކެމްޕޭނުގެ ސަބަބުން ރާއްޖެއަށް އަންނަ އެމެރިކާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރައްކާތެރި މަޤުބޫލު މަންޒިލެއްގެ ގޮތުގައި އެމެރިކާގެ ބާޒާރުގައި ރާއްޖެ ޤާއިމުކުރެވޭނެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަަށް ފަތުރުވެރިން ދަތުރުކުރި އަދަދަށް ބަލާއިރު އެމެރިކާއަކީ ހަވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ޤައުމެވެ. ޖޫން މަހުގެ 12 ވަނަ ދުވަހާ ހަމައަށް އެ ޤައުމުން 41،943 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.

މި ލިއުމާއި ގުޅޭ