Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޮރޮކޯ

މޮރޮކޯގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވައިފި

ރާއްޖެ އާއި މޮރޮކޯއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މޮރޮކޯގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވައިފި އެވެ. މި ކޮންސިއުލޭޓް ގާއިމުކޮށްފައިވަނީ ހެންވޭރު އަމީރު އަހުމަދު މަގުގައި ހުންނަ އޭޑީކޭ ޓަވަރުގަ އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މޮރޮކޯގެ އޮނަރަރީ ކޮންސުލް އަހްމަދު ނާޝިދު(އޭޑީކޭ ނާޝިދު) އާއި، ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މޮރޮކޯގެ ކޮންސިއުލޭޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މޮރޮކޯގެ ދިދަ ނަންގަވައިދެއްވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.

މޮރޮކޯގެ ސަފީރު މުހައްމަދު މާލިކީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފޮރިން ސެކްރެޓަރީ ލަތީފުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

އަދި ދެގައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މޮރޮކޯގެ ސަފީރު މުހައްމަދު މާލިކީ އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ ލަތީފު ވަނީ މަޝްވަރާކުރައްވާފައެވެ.

މިއީ މޮރޮކޯގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވި ފުރަތަމަ ފަހަރެވެ. ނަމަވެސް ރާއްޖެ އާއި މޮރޮކޯއިން ހާރިޖީ ގުޅުން ގާއިމު ކޮށްފައިވަނީ 4 ފެބްރުއަރީ 1988 ގައެވެ.

މި ލިއުމާއި ގުޅޭ