Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

މުއްދަތު ހަމަވިއިރުވެސް މީޑިއާތަކަށް ދޭ ފައިސާގެ ތަފްސީލު މިފްކޯއިން ހާމަނުކުރި

މޮފްކޯއިން މީޑިއާތަކަށް ދޭ ފައިސާގެ ތަފްސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މުއްދަތު ހަމަވި އިރުވެސް އެ މައުލޫމާތު މިފްކޯއިން ހާމަނުކުރި އެވެ.

އެ ކުންފުނިން މީޑިއާތަކަށް ދޭ ފައިސާގެ ތަފްސީލާއި، މީޑިއާތަކުގައި އިޝްތިހާރު ޖެހުމަށް ގެންގުޅޭ އުސޫލު ހޯދަން "ދިޔަރެސް" އިން އެދުމުން އެ މައުލޫމާތު ހޯދަން މިފްކޯއިން ދެކޮޅުހެދި އެވެ.
އެހެންވެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް "ދިޔަރެސް" އިން އެ މައްސަލަ ހުށަހެޅުމުން، ބޭއްވި އަޑު އެހުންތަކުންގައި މިފްކޯއިން ބުނީ މައުލޫމާތަކީ ވިޔަފާރީގެ ސިއްރުތައް ކަމަށެވެ. އަދި މީޑިއާތަކަށް ފައިސާ ދޭ އުސޫލަކީ ކުންފުނީގެ އެތެރޭގެ ޑޮކިއުމެންޓެއް ކަމަށާއި އެހެންކަމުން އެ މައުލޫމާތުވެސް ނުދެވޭނެ ކަމަށެވެ.
އެކަމަކު މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ ބުނީ ހޯދަން އެދިފައިވާ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނުދީ ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެ މައުލޫމާތު މި މަހުގެ 7 ގެ ކުރިން ދިނުމަށް މިފްކޯއަށް އެންގި އެވެ.

އެކަމަކު އެ މުއްދަތު ފަހަނައަޅައިގެން ދިޔައިރުވެސް، ދިޔަރެސް އިން އެދުނު މައުލޫމާތު މިފްކޯއިން ހިއްސާކޮށްފައެއް ނުވެ އެވެ.

"ދިޔަރެސް" އިން ހޯދަން އެދުނު މައުލޫމާތު މިފްކޯއިން ނުދިން ނަމަވެސް، އެ ކުންފުނީގެ މުވައްޒަފަކު ވަނީ، މީޑިއާތަކަށް މިފްކޯއިން ދޭ ފައިސާގެ ތަފްސީލު މި ނޫހާ ހިއްސްކޮށްފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށްވެސް 8 ލައްކައަށްވުރެ ގިނަ ރުފިޔާ އެކި ނޫސްތަކަށް ދީފައިވާއިރު އެއިގެން ބައެއް ނޫސްތަކަކީ ގިނަ ބަޔަކު ނުވެސް ކިޔާ ނޫސްތަކެވެ.
އެނގިފައިވާ ގޮތުގައި އެ މައުލޫމާތު ލީކު ވުމުން، މިފްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ނަޒީހާ އަހުމަދު ވަނީ އެ މައުލޫމާތު ލީކު ކުރި ފަރާތެއް ހޯދަން ބޮޑު ތަހުގީގެއް ފަށާފަ އެވެ.
މި ލިއުމާއި ގުޅޭ