Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ﷲ ގެ ކޯފާއަށް ޤައުމު ހުށަހެޅޭފަދަ ކަންކަން އާންމުވެފައިވާކަމަށް އިމްރާން އެއްބަސްވެއްޖެ

މާތްالله ގެ ކޯފާއެއް އާއްމުވެދާނެ ފަދަ ފާހިޝް އަމަލުތައް ރާއްޖޭގައި އާއްމުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله އެއްބަސްވެވަޑައިގެންފިއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނުގެ ހުދޫދުތައް ނެތިކޮށް, ގައުމުގެ އިޖުތިމާއީ ފޭރާ ވީދާ اللهގެ ކޯފާ އަށް ގައުމު ހުށަހެޅޭ ފަދަ ހަޑިހުތުރު މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށުމުން ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅުތައް ނާޅާ ދޫނުކޮށްލާނެ ކަމަށެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވިއިރު ރައްޔިތުން މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އޭނާގެ އިތުރުން, ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުالله ނަސީރު ވެސް އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

އިމްރާން އެފަދައިން ވިދާޅުވިއިރު އެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް އެނގިފައި ވަނީ އެންމެ މީހެކެވެ. އެއީ ނާޒިމް ސައްތާރާއެކު އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާއެވެ. އޭނާ ފިޔަވާ އެހެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މީގެއިތުރުން އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުން ވެސް ރާއްޖޭގައި އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެފަދަ މީހުން ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެއިން ފޮނުވާލާފައިވެއެވެ. އޭގެތެރޭގައި ހުސައިން ޝައިހާނު ނަމަކަށް ކިޔާ މީހެއް ހިމެނެއެވެ. އޭނާ ރާއްޖެ ދޫކޮށް ފުރީ ފުލުހުންގެ ސަމާލުކަމަށް އޭނާގެ މައްސަލަ ގެނެސްފައި ވަނިކޮށެވެ. ނަމަވެސް ހޯމް މިނިސްޓަރުގެ ދަށުގައި އޮންނަ ފުލުހުންގެ ހިދުމަތުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ