Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރުޕީސް

އިންޑިއާ ރުޕީސްގެ އަގު ވަރަށް ބޮޑަށް އަޑިއަޅާލައިފި

އިންޑިއާ ރުޕީސްގެ އަގު މިއަދު ވަރަށް ބޮޑަށް އަޑިއަޅާލައި ވެއްޓިއްޖެއެވެ.

އެގޮތުން މިއަދު އެއް ޑޮލަރަށް 80 ރުޕީސް ލިބުނުއިރު ފާއިތުވި ދުވަސްތަކުގައި އެވެރެޖު ގޮތެއްގައި ޑޮލަރަކަށް 73 ރުޕީސް ލިބުނެވެ.

އިންޑިއާގައި ޑޮލަރުގެ އަގު އުފުލި ރުޕީސްގެ އަގު ދަށަށް ދިޔަ ސަބަބެއްކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރަނީ އެ ޤައުމުގައި ޑޮލަރަށް އޮތް ޑިމާންޑު ބޮޑުވުމެވެ. އިންޑިއާގެ އިންފުލޭޝަން މަތިވުމުގެ ސަބަބުން ބޭރުން ތަކެތި އެތެރެކުރުމަށް ކުރާ ޚަރަދު ބޮޑުވުމުގެ ސަބަބުން ޑޮލަރަށް ބޭނުންޖެހޭ މިންވަރު އިތުރުވެފައިވެއެވެ.

އިންޑިއާއިން އިމްޕޯޓަށް ކުރާ ޚަރަދު ބޮޑުވެފައިވާއިރު ބައިނަލްއަޤުވާމީ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިންޑިއާއިން ކުރިން ޑޮލަރު ބޭރުވާ މިންވަރަށްވުރެ އިތުރަށް މިހާރު ޑޮލަރު ބޭރުވާކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

އަދި ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ލޮޅުމުގެ ސަބަބުން އިންޑިއާއަށް އިންވެސްޓުކުރާ ބޭރުގެ ފަރާތްތަކުގެ އަދަދުވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ކުރިއާ ޚިލާފަށް އިންޑިއާގެ މާލީ ބާޒާރުން ބޭރަށް އިންވެސްޓަރުން ގެންދާ ޑޮލަރުގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ލޮޅުންތަކާއި ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ގިނަ ޤައުމުތަކެއްގެ ފައިސާގެ އަގު އަންނަނީ ދަށްވަމުންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް ޔޫރޯގެ އަގުވަނީ ޑޮލަރުގެ އަގާ އެއްވަރަށް ވެއްޓިފައެވެ.

މި ލިއުމާއި ގުޅޭ