Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

"އައިލެންޑް މެންޓަލިޓީ" އާލާކޮށް ރައްކާތެރިކުރަންޖެހޭ: އަފީފު

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް އޮތް ތަނުގައި ރަނގަޅަށް ދަމަހައްޓައި ތަރައްޤީކުރުމަށް އެ ދާއިރާގެ އައު ވިޔަފާރިވެރިން "އައިލެންޑް މެންޓަލިޓީ" ނުވަތަ ރަށު ވިސްނުން ދަމަހައްޓައި ތަރައްޤީކޮށް ކުރިއެރުވުމަކީ މުހިއްމު ކަމެއް ކަމަށް މަޓީގެ ނައިބުރައީސް އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ޗަމްޕާ ޙުސައިން ޢަފީފު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރުމަށް ރޭ ކުރުނބާ އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ "އައިލެންޑް މެންޓަލިޓީ"އަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ދިރުއުޅުމާ ލާމެހިފައިވާ ވިސްނުމެއް ކަމަށެވެ.

"އަޅުގަނޑު އެއަށް އައިލެންޑް މެންޓަލިޓީއޭ ނަން ދީފައިވާ ވިސްނުމާމެދު ފަޚުރުވެރިވެ، އެ ވިސްނުން ވަރުގަދަކޮށް ރައްކާތެރިކުރުމަށް [އައު ވިޔަފާރިވެރިންނަށް] އަޅުގަނޑު ގޮވައިލަން. އެއީ ރާއްޖޭގެ ދިރިއުޅުމާ ލާމެހިފައިވާ ޤަރުނުތަކަކަށް މި ރާއްޖޭގައި އޮތް ވިސްނުމެއް،" އަފީފު ވިދާޅުވިއެވެ.

އައިލެންޑް މެންޓަލިޓީއަކީ ކޮބައިކަން ވިދާޅުވެދެއްވަމުން އަފީފު ވިދާޅުވީ އެއީ ހަމަބުއްދި އިސްކުރުމާއި، ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން މައްސަލަތައް ހައްލުކުރުމުގެ ވިސްނުމެއް ކަމަށެވެ. އެ ވިސްނުމުގެ މައްޗަށް ދިވެހި ކާބަފައިންގެ ދިރިއުޅުން އެތައް ޤަރުނަކަށް ދަމަހައްޓާފައިވާ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.

"އެ ވިސްނުމަކީ ފަތުރުވެރިކަމުގެ ކުރީ ދުވަސްކޮޅުގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސްދިން ވިސްނުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެ ވިސްނުމަކީ ކުރިއަށް އޮތް ތަނަށްވެސް މުހިއްމުވާނެ ވިސްނުމެއް،" އަފީފު ވިދާޅުވިއެވެ.

އަފީފުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ ފަންސާސް އަހަރުގެ ކާމިޔާބަކީ އެ ރަސްމިއްޔާތުގައި އެ ބައެއްގެ ޚިދުމަތް ފާހަގަނުކުރެވުނު ފަރާތްތަކުގެވެސް ކާމިޔާބެކެވެ. އެގޮތުން އެއާޕޯޓު މުވައްޒަފުންނާއި ކުންފުނިތަކުގެ ރެޕުންނާއި، ރިސޯޓުތައް ރަނގަޅަށް ހިންގައިދޭ ވެއިޓަރުންނާއި ރޫމް ބޯއިންނާއި، ވަޑިންނާއި އިންޖިނިއަރުންނަކީވެސް ފަތުރުވެރިކަމުގެ ކާމިޔާބުގެ ހިއްސާދާރުން ކަމަށް އަފީފު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބުގައި ބައިނަލްއަޤުވާމީ ބައިވެރިންގެ މުހިއްމުކަން ފާހަގަކުރައްވައި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި، ބޭރުގެ އިންވެސްޓަރުން، ދިވެހިރާއްޖެ ދެކެ ވި އިޚުލާޞްތެރި ޙަޤީޤީ ލޯބީގައި ދައްޗާއި ފަސޭހާގައިވެސް ރާއްޖެއާއެކު ތިބީތީ އެ ފަރާތްތަކަށް އަފީފު ޝުކުރު އަދާކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ