Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިގޯ

އިންޑިގޯއިން މަރާމާތުގެ މިންގަނޑުތަކަށް ތަބާނުވާކަން ޓެކްނީޝަނުން އެއާބަސްއަށް އަންގައިފި

އިންޑިގޯއިން އެ ކުންފުނީގެ މަތިންދާބޯޓުތައް މަރާމާތުކުރުމުގައި އެކަމުގެ މިންގަނޑުތަކަށް ތަބާނުވާތީ އެ ކުންފުނީގެ ޓެކްނީޝަނުންތަކެއް، މަތިންދާބޯޓު އުފައްދާ ކުންފުނި އެއާބަސްއަށް ސިޓީއެއް ފޮނުވައިފިއެވެ.

އިންޑިގޯގެ އެއާކްރާފްޓް ޓެކްނީޝަނުންގެ ފަރާތުން އެއާބަސްއަށް ފޮނުވި ސިޓީގައި އެދިފައިވަނީ އެ ކުންފުނިން އިންޑިގޯއަށް ފޯރުކޮށްދީފައިވާ މަތިންދާބޯޓެއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ކުރިން އެ ކުންފުނީގެ މަސައްކަތްތަކަށް ތަދައްޚުލުވުމަށެވެ.

އެ ސިޓީގައި އެދިފައިވަނީ ފާއިތުވި 7 ދުވަހު އެ ކުންފުނީގެ މަތިންދާބޯޓުތައް މަރާމާތުކުރި ގޮތާ ގުޅޭ މައުލޫމާތު އިންޑިގޯއިން އެއާބަސްއާ ހިއްސާކުރަން އެދުމަށެވެ.

ޓެކްނީޝަނުން އިތުރަށް ބުނެފައިވަނީ އެއާބަސްއިން ލީސްކޮށްފައިވާ މަތިންދާބޯޓުތައް އެކަށީގެންވާ ގޮތެއްގައި އިންޑިގޯއިން މަރާމާތުނުކުރާ ކަމަށެވެ. އެގޮތުން އިންޑިގޯގެ ފަންނީ މުވައްޒަފުން އިހުތިޖާޖުކޮށް މަސައްކަތްކުރަން އިންކާރުކުރާތާ ހަތަރު ދުވަސްވީއިރުވެސް ރަނގަޅަށް މަަރާމާތުނުކޮށް މަތިންދާބޯޓުތައް ދުއްވަމުންދާ ކަމަށެވެ. އަދި ތާވަލުކޮށްގެން ކުރަންޖެހޭ މަރާމާތުތައް ކުންފުނިން ފަސްކުރާ ކަމަށެވެ.

މިގޮތަށް ރަނގަޅަށް އިންޑިގޯއިން މަތިންދާބޯޓުތައް މަރާމާތުނުކޮށް އުދުއްސުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން އެއާބަސްގެ ބައިނަލްއަޤުވާމީ ތަސައްވުރަށް ކިލަނބުކަން އަތުވެދާނެކަމަށް ޓެކްނީޝަނުން ބުންޏެވެ.

އެއާބަސްއަށް ފޮނުވި ސިޓީގައި އިންޑިގޯގެ ބައެއް އިސްވެރިންގެ ނަންތައް ފާހަގަކޮށް އެ ޓެކްނީޝަނުން ތުހުމަތުކޮށްފައިވަނީ އެ ކުންފުނީގެ ފުލައިޓުތައް މަރާމާތުކުރާ ފެންވަރު އެ އޮފިޝަލުން ދަށްކޮށްފައިވާ ކަމަށެވެ. އަދި އެ މަތިންދާބޯތައް ބަލަހައްޓަންވީ ގޮތަށް ނުބެލެހެއްޓުމާ ގުޅޭ ގޮތުން ސީދާ އެ ބޭފުޅުންނާ ސުވާލުކުރެއްވޭނެ ކަމަށްވެސް އެ މުވައްޒަފުން ބުންޏެވެ.

މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް އިންޑިގޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ މަތީ ފެންވަރަށް އެ ކުންފުނީގެ މަތިންދާބޯޓުތަކުގެ މަރާމާތުގެ ކަންކަން ބަލަހައްޓަމުންދާ ކަމަށެވެ. އަދި އެ ތުހުމަތުތަކަކީ އަސާސެއް ނެތި ނުނިޔަތެއްގައި ކުރަމުން އަންނަ ތުހުމަތުތަކެއް ކަމަށެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނީގެ ފުލީޓުގައި 280 މަތިންދާބޯޓޫ އޮޕަރޭޓުކުރެވޭ ހާލަތުގައި އޮންނާނެ ކަމަށާއި، އެހެންކަމުން އެ އެއާލައިނަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް އެއާލައިންކަމަށްވާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.

މި މައްސަލަ ފެންމަތިވީ އިންޑިގޯގެ ބައެއް އެއާކްރާފްޓް ޓެކްނީޝަނުން އިހުތިޖާޖުކުރުމުގެ ގޮތުން މަސައްކަތްކުރުން ހުއްޓާލާފައިވަނިކޮށެވެ. އެ މުވައްޒަފުން އިހުތިޖާޖުކުރަނީ އެ ކުންފުނިން ދޭ މުސާރަތައް ކުޑަވެގެންނެވެ.

މި ލިއުމާއި ގުޅޭ