އޮފީސް ރޯވެދާނެ ކަމަށް ބުނެ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފަކު "ދިޔަރެސް" ނޫހަށް އިންޒާރު ދީފިއެވެ.
ހއ. ހޯރަފުށީ ފެނަކައިގައި މަސައްކަތް ކުރަމުން އަންނަ އަމީން ހަލީލް ނަމަކަށް ކިޔާ އެ މުވައްޒަފު އިންޒާރު ދީފައި މިވަނީ ދިޔަރެސް ނޫހުން ގެނެސްދީފައިވާ "އެޗްޑީސީ މުވައްޒަފެއް ދިޔަރެސްގެ ނޫސްވެރިއަކަށް ގުޅައި ދުއްތުރާ ކުރަނީ" މި ސުރުޚީގެ ދަށުން ލިޔެފައިވާ ހަބަރަށް ކުރި ކޮމެންޓެއްގައެވެ.
މި ކޮމެންޓުގައި އަމީން ހަލީލް ވަނީ ދިޔަރެސްގެ ނޫސްވެރިންނާ ދިމާލަށް އަވަގުރާނަ ގޮވައިފައެވެ.
ސަރުކާރުން ހިންގަމުން ގެންދާ ކޮރަޕްޝަނާއި އަދި ދާދިފަހުން އާންމުވި އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކާއި ގުޅިގެން އެ ވާހަކަތައް އާންމުންނާއި ހަމަ އަށް ގެނެސްދެމުން ގެންދާތީ ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އަންނަނީ "ދިޔަރެސް" ނޫހަށް އިންޒާރު ދެމުންނެވެ.
އެގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގައި މަސައްކަތްކުރާ މުވައްޒަފަކު "ދިޔަރެސް" ނޫހުގެ އަންހެން މުވައްޒަފަކަށް ގުޅައި ދުއްތުރާކުރާ މައްސަލަ ފުހުންނަށް ވަނީ ހުށަހަޅައިފައެވެ.
އޭގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ ސިޔާސީ ބައެއް ފަރާތްތައް އަޑީގައި ތިބެގެން މިފަދަ އިންޒާރު ދެމުންދާކަން ފާހަގަ ކުރެވެއެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ނޫސްތަކުން ގެނެސްދޭ ހަބަރުތަކާއި ގުޅިގެން ނޫސްވެރިންނަށް އިންޒާރު ދީފައިވެއެވެ.