Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަހްލޫފް

ދެ ޖިންސު ހިމެނޭހެން އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް މާފުށީގައި ބާއްވާތީ މަހުލޫފަށް ފާޑުކިޔުން

އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް މާފުށީގައި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުަހަށް ބާއްވާތީ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފަށް ދީނީ އިލްމުވެރިންނާއި އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މި އަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ 4ވަނަ މުބާރާތަކީ 54 ވަނަ އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިސީކް ސްޕޯޓްސް ޗެމްޕިއަންޝިޕްކަމަށް މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އަދި މި މުބާރާތުގައި 28 ޤައުމަކުން 500 އެތުލީޓުން ވާދަކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިހާއަށް ތާއީދުކުރައްވާ އަދާލަތު ޕާޓީގެ އިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު އަބްދުއްލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤައުމުގައި އެއް ޖިންސުން ގުޅުންހިންގުމާއި ފާޙިޝް އަމަލުތައް އާންމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ޤައުމަށް ލިބޭ ފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.

އިތުރު ޓުވީޓެއްގައި ޑރ.އިޔާޒު ވިދާޅުވީ ބޮޑީ ބިލްޑިންގެ ނަމުގައި މިހާތަނަށް ރާއްޖޭގައި މިކަން ކުރި މިންވަރަށްވުރެ އެތައް ގުނައެއް ގޯސްކޮށް މީހުން ދިރިއުޅޭ ރަށެއްގައި އެކަން ހިންގުން ހުއްޓައިލަން މަހުލޫފަށް ގޮވައިލައްވާ ކަމަށެވެ.

އަދި މިކަމަށް ފަހުގައިވެސް ސުވާލުކުރައްވާޏި މިއޮތް ހުރިހާ ދުވަހު ދީނީ އިލްމުވެރިން ކޮބައިތޯ ސުވާލުކުރައްވައި ޑރ.އިޔާޒު ވިދާޅުވީ ނުވަތަ މަހުލޫފު ވިދާޅުވީ އެކަން ކުރެއްވީ ފަސް ނަމާދު ކުރައްވައިގެން ކަމަށްތޯއެވެ.

މިކަމާ ގުޅިގެން ޝައިޚް ޝަފީޢު އަބްދުﷲ ފޭސްބުކުގައި ލިޔުއްވާފައިވަނީ އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ ނަމުގައި އަންހެނުން ބިކިނީގައި ދައްކާލާ އިވެންޓެއް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ބާއްވަނީ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ކަމަށެވެ.

އަދި އެ މުންކަރާތް ހުއްޓަވައިލައްވައި އިސްލާމްދީނަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ބޯލެންބެވުމަށް ޝައިޚް ޝަފީއުވަނީ މިނިސްޓަރު މަހުލޫފަށް އިލްތިމާސްކުރައްވާފައެވެ.

މީގެ ކުރިން މަހުލޫފު ވިދާޅުވެފައިވަނީ އެއްވެސް ކަމެއްގައި ކަނޑައެޅިގެން އެކަމަކީ ދީނާ ޚިލާފު ކަމެއްކަމަށް އިލްމުވެރިން ބަޔާންކުރައްވައިފިނަމަ އެކަމެއް ހުއްޓައިލާނެ ކަމަށެވެ. ދެ ޖިންސުގެ މީހުންގެ އައުރައާމެދު އިސްލާމްދީނުގައި އެއްވެސް ޚިލާފެއް ނެތެވެ. ހުރިހާ އިލްމުވެރިންވެސް އިއްތިފާޤުވާ ގޮތުގައި ދެ ޖިންސުގެ އައުރަ އާންމު ތަންތަނުގައި ހާމަކުރުން ހުއްދަނުވާނެއެވެ.

މި ލިއުމާއި ގުޅޭ