Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުސެއިން އަމްރު

ޤާނޫނާއި ހިލާފަށް ޑޮލަރުގެ މުއާމަލާތް ހިންގަވާ ސަބަބު އަމްރު ހާމަކުރައްވައިފި

ދިވެހިރާއްޖޭގެ މަނިޓަރީ ޤާނޫނާއި ހިލާފަށް އެތެރޭގެ މުއާމަލާތްތަކުގައި އެސްޓީއޯ އިން ޑޮލަރު ބޭނުން ކުރާ ސަބަބު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ހާމަކުރައްވައިފިއެވެ.

މިއަދު ހަވީރު އެސްޓީއޯ އާއި އެމްއެއޭސީއެލް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ދިޔަރެސް" އިން ވަނީ، އެސްޓީއޯއިން ކަސްޓަމަރުންގެ އަތުން ޑޮލަރުން ފައިސާ ދައްކަން އަންގަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި އަމްރު ވިދާޅުވީ އެސްޓީއޯ އިން އެގޮތަށް ނަހަދާނަމަ އެފަރާތްތަކުން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާނެ ކަމަށާއި އެހެން ކަމުން ކަޅު ބާޒާރުގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޒިންމާއެއް އިޤްތިސާދު ހަމަ ގޮތެއްގައި ހިފެހެއްޓުމަކީ" އަމްރު ވިދާޅުވިއެވެ.

އަދި އެސްޓީއޯއަށް ޑޮލަރު ހޯދަން ހަމައެކަނި އެމްއެމްއޭ އަށް ބަރޯސާ ނުވެވޭނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ. އަދި ރިސޯޓުތަކުން ޑޮލަރުން ފައިސާ ދައްކަން އަންގަނީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އަމްރު މިހެން ވިދާޅުވެފައިވީނަމަވެސް ރާއްޖޭގައި ޑޮލަރުން އެގޮތަށް މުއާމަލާތް ކުރުމަކީ ޤާނޫނު ތަންދޭ ކަމެއް ނޫނެވެ.

އެސްޓީއޯއިން ކަޅުބާޒާރުންވެސް ޑޮލަރު ގަންނަމުން ދާއިރު އެކަމުގައިވެސް ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ވާގޮތަށް އަމަލުކުރާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ.

މި ލިއުމާއި ގުޅޭ